އެމްއާރުއެމްގެ ނައިބު ރައީސް އާމިނަތު ނާދިރާ (ކ). އާއި އެމްއާރުއެމްގެ ރައީސް، ރައީސް މައުމޫން (ވ)
އެމްއާރުއެމްގެ ނައިބު ރައީސް އާމިނަތު ނާދިރާ (ކ). އާއި އެމްއާރުއެމްގެ ރައީސް، ރައީސް މައުމޫން (ވ)
ކުދި ބޮޑު ހުރިހާ ވަގުން ގެޔަށް ބަދަލުކުރަނީ ކަމަށް ވިދާޅުވެ އެމްއާރުއެމްގެ ނައިބު ރައީސް އާމިނަތު ނާދިރާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްފައިވާތީ ހިތްހަމަ ނުޖެހުން ފާޅު ކުރަށްވަމުން ނާދިރާ ވިދާޅުވީ، ކޮވިޑްގެ ނުރައްކާ އޮތީ ރައީސް ޔާމީނަށް އެކަނިހެން ހީވާން ފަށައިފި ކަމަށެވެ. އަދި ސަރުކާރުން ދަނީ ވައްކަން ކޮށްފައިވާ މީހުން ގެއަށް ބަދަލު ކުރަމުން ކަމަށް ނާދިރާ ތުހުމަތު ކުރެއްވިއެވެ. ބެލެވޭ ގޮތުގައި ނާދިރާ އެ އިޝާރާތްކުރަށްވަނީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ހިމެނޭ ކުރީގެ ނާއިބްރައީސް އަދީބާއި ކުންފުނީގެ ކުރީގެ އެމްޑީ ޒިޔަތު ގޭބަންދުގައި ހުރުމުންނެވެ.

"ހަލުވި ކަމާއެކު ކޮވިޑް ފެތުރޭތީ ނުރައްކާވަނީ ކުރީގައި ރައީސްކަން ކޮށްފައި، ކޮރަޕްޝަން ސާބިތުވެ ޖަލަށް ލާފައި ހުރި ޔާމީން ކިޔާ މީހަކަށް އެކަނިތޯ؟" ނާދިރާ ސުވާލު އުފައްދާފައިވެއެވެ.

ކ. މާފުށީ ގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރި މާފުށީ ޖަލުގެ އޮފިސަރުން ޕޮޒިޓިވްވަމުންދާތީ އެޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި، ޖަލުގައި ތިބި ހައިރިސްކް މީހުން ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރުމަށް ނިންމާފައިވާކަން ކަރެކްޝަންސުން އިޢުލާނުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.



މީގެ އިތުރުން ނާދިރާ ވަނީ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ދިރިއުޅުއްވާ ފްލެޓް ކައިރިއަށް ރޭ ބަޔަކު އެއްވެ އިހުތިޖާޖު ކުރުމުން އެ ސަރަހައްދުގައި ފުލުހުން ޢަމަލު ކުރި ގޮތަށްވެސް ފާޑު ވިދާޅުވެފައެވެ.

ނާދިރާ ވިދާޅުވީ، ފުލުހުންގެ އަނިޔާވެރިކަމުގެ ސަޤާފަތް އަދިވެސް ނިމުމަކަށް އައިސްފައި ނުވާކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާ ހިންގަން ތިބި މީހުން ބަދަލުވީ ނަމަވެސް ހިންގާގޮތް ބަދަލުނުވާ ކަމަށާއި، އަތަށް ބާރެއް ލިބުމުން ބަހާ ޢަމަލު ދިމާ ނުވާކަމަށް ނާދިރާ ވިދާޅުވިއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ނައިބު ރައީސް ނާދިރާ ސަރުކާރަށް ފާޑު ވިދާޅުވެފައި މިވަނީ ސަރުކާރުގެ ކެބިނެޓަށް ބޮޑު ބަދަލެއް ގެންނަވަން ރައީސް ޞާލިޙް މަސައްކަތް ފަށްޓަވާފައިވާ ވަގުތެއްގައެވެ. ކެބިނެޓަށް ގެންނަވާ ބަދަލުތަކުގެ ތެރޭގައި އެމްއާރުއެމްގެ ދެ ވަޒީރެއްގެ މަޤާމު ގެއްލޭނެ ކަމަށް ވަނީ އަޑު ފެތުރިފައެވެ.

ރައީސް މައުމޫންގެ އާއިލީ ބޭފުޅެއްކަމަށްވާ ނާދިރާއަކީ ރައީސް މައުމޫނާއި ދަރިކަނބަލުން ޔުމްނާއާއެކު އެމްޑީޕީ އިސްވެ އޮވެ އުފަށްދާފައިވާ ކޯލިޝަން ސަރުކާރުގެ ސިޔާސަތުތައް ގަބޫލުކުރަށްވައި ކޯލިޝަންގައި ދެމި ހުންނެވި ބޭފުޅެކެވެ. ނަމަވެސް ރައީސް މައުމޫންގެ އަނެއް ތިން ބޭފުޅުންގެ ތެރެއިން ދުންޔާއާއި ޣައްސާން މައުމޫން ގެންގުޅުއްވަނީ ބައްޕާފުޅު ބައިވެރިވެ ވަޑައިގަންނަވާ އެމްޑީޕީ ސަރުކާރުގެ ސިޔާސަތާ ދިމާ އިދިކޮޅު ވިސްނުން ފުޅެކެވެ. ރައީސް ޔާމިންގެ ވެރިކަމުގައި ބައްޕާފުޅު ޖަލުގައި ހުންނެވި އިރުވެސް ޣައްސާން ހުންނެވީ މިހާރުވެސް ހުންނެވި ގޮތަށް ބޭބޭފުޅު ރައީސް ޔާމީނާއެކުގައެވެ. އަދި ފާރިޝް މައުމޫންގެ މިހާރުގެ ސިޔާސީ ފިކުރު ހުރިގޮތެއް މިއިން ދުވަހަކު ހާމަކުރަށްވާފައެއް ނުވެއެވެ. ބޭބޭފުޅުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެންމެ ކުރީސަފުގައި ސިޔާސީ ހަރަކާތްތަކުގައި އުޅުއްވީ ފާރިޝް މައުމޫނެވެ. ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ކޯލިޝަންގެ އެއްވެސް ތަރުހީބެއް ނެތުމުން ލިބިވަޑައިގެންނެވި ނާކާމިޔާބާއެކު ސިޔާސީ މައިދާނުން ވެސް ވަނީ ގެއްލިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން