އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން
އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން
ޕާޓީގެ ވެރިކަން ކުރުމާ ޤައުމުގެ ވެރިކަން ކުރުމަކީ ތަފާތު ދެކަމެއް ކަމަށް އިޤްތިޞާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރެއްވުމާއި، ސަރުކާރު ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި ކެބިނެޓަށްވެސް ބަދަލުތަކެއް ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމަވާފައި ވާތީ އެކަމާ ގުޅިގެން ސަރުކާރު ކޯލިޝަންގެ ބައެއް ޕާޓީތަކުގެ އިސްފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން ނަފާ ނަސީމް ވިދާޅުވީ، ޕާޓީގެ ވެރިކަން ކުރުމާ ޤައުމުގެ ވެރިކަން ކުރުމަކީ ތަފާތު ދެކަމެއް ކަމަށެވެ.

މީގެ ކުރިން އެމްޑީޕީއާއި، ސަރުކާރު ކުންފުނިތަކުގައިވެސް އިސް މަޤާމުތަކެއް އަދާކުރަށްވާފައިވާ ނަފާ ނަސީމް ވިދާޅުވީ، ޕާޓީއަކީ މެންބަރުން ތަކެއް ކަމަށާއި، ގައުމަކީ ޖުމްލަ ހުރިހާ ރައްޔިތުން ކަމަށެވެ. މީގެ އިތުރުން ޕާޓީ ލެވެލްގައި ކުރަނީ ސިޔާސީ މަސައްކަތް ކަމަށާއި އެއީ ޕޮލިޓިކްސް ކަމަށް ނަސީމް ވިދާޅުވިއެވެ. އަދި ގައުމަކީ ސޯޝިއޯ އެކޮނޮމިކް ޖަސްޓިސް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ގައުމުގެ ވެރިކަންކުރާނީ މަޑުމައިތިރި ކެތްތެރި ހިތްތިރިކަމާއެކުގައެވެ." ނަސީމް ވިދާޅުވިއެވެ.



ނަސީމް އިތުރަށް ވިދާޅުވީ، ތަނެއްގައި ޖާހިލުން މާ ގިނަވެއްޖިއްޔާ އެ ތަނެއްގައި ޚިޔާލުތަފާތުނުވާ ކަންކަމުގަ ވެސް ޚިޔާލުތަފާތުވާނެ ކަމަށާއި، އެގޮތުން އެއްބަޔަކަށް ފެނަކީ ލިކުއިޑަކަށް ވާއިރު އަނެއްބަޔަކަށް އެއީ ސޮލިޑަކަށްވެސް ވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން