ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަމީން އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަމީން އިބްރާހިމް
ބާރުއޮތަސް އޭގެ ބޭނުން ހިފަންވާނީ ވަކި ހަމައެއްގެ ތެރޭގައި ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރޭ މާލޭގައި ޒުވާނުންތަކެއް ކުރި ސުލްޙަވެރި މުޒާހަރާއެއްގެ ބައިވެރިންނަށް އަމާޒުކޮށް ފުލުހުން ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، އެމީހުންގެ ތެރެއިން ބައެއް މީހުންގެ ލޮލަށް ކައިރިން ޕެޕަރ ސްޕްރޭ ޖަހައި ފުލުހުން ހިންގި ޢަމަލާމެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމާ ގުޅިގެން ޖޭޕީގެ ނައިބު ލީޑަރުގެ މަޤާމުގައި ހުންނެވި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އަމީން އިބްރާހިމް ވިދާޅުވީ، ކިތަންމެ ބޮޑު ބާރެއް ލިބިފައި އޮތަސް އެބާރުގެ ބޭނުން ހިފަންވާނީ ހަމަޔާ އިންސާނިއްޔަތުކަމުގެ ތަރަހައިގެ ތެރޭގައި ކަމަށެވެ. އެނޫން ގޮތަކަށް ޢަމަލު ކުރުމަކީ ރީތި ކަމެއް ނޫން ކަމަށްވެސް އަމީން ވިދާޅުވިއެވެ.



މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައާ ދެކޮޅަށް ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމުގައި ހަރަކާތްތެރިވި ފުލުހުން ޢަމަލުކޮށްފައިވާ ގޮތާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން ފުލުހުންނަށް ވަނީ އަމާޒުވެފައެވެ.

ރޭ ފުލުހުން ހިންގާފައިވާ ޢަމަލުތައް ދައުލަތުގެ ކަމާއި ބެހޭ މުއައްސަސާތަކުން ތަހުޤީޤްކުރަމުން ގެންދިޔަ ނަމަވެސް ފުލުހުންގެ ފަރާތުން މީގެކުރިން ދިމާވެފައިވާ މިފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅޭކަމުގެ ޝަކުވާ އަބަދުވެސް އިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން