މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (ކ) އާއި މަންދު ކޮލެޖްގެ ޗެއަރމަން އިބްރާހިމް އިސްމާޢީލް (އިބްރާ) (ވ)
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (ކ) އާއި މަންދު ކޮލެޖްގެ ޗެއަރމަން އިބްރާހިމް އިސްމާޢީލް (އިބްރާ) (ވ)
"ހަޔާތް ކުޑަވާން ވެއްޖެނަމަ" އިންތި މެންނަށް އަދި އެއްމޭލު ކައިރިއަށްވެސް ނާދެވޭނެ ކަމަށް ވިދާޅުވެ މަންދު ކޮލެޖްގެ ޗެއަރމަން އިބްރާހިމް އިސްމާޢީލް (އިބްރާ) މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރު އިމްތިޔާޒް ފަހުމީއަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

މަންދު ކޮލެޖަށް ދަޢުލަތުން ބަދަލު ދިނުމަށް ނިންމާފައިވާ މައްސަލައާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި އިންތި ވިދާޅުވެފައިވަނީ، ރައީސް އޮފީހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ އިބްރާގެ ޓްވީޓްތަކުގެ ތަފްސީލް ދިނުމަށް ބޭއްވި ޕްރެސްއެއް ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން ރޭގެ ޕްރެސްގައި މަޢުލޫމާތު ދެއްވި ރައީސްގެ ލީގަލް ކައުންސެލް އަޙްމަދު ޢަބްދުﷲ އަފީފަކީ އިބްރާގެ "ޅިޔަނެއް" ކަމަށާއި، މަންދު ކޮލެޖް ތަމްސީލް ކުރާ ލޯ ފާމްގެ ޙިއްސާދާރެއްގެ އިތުރުން އެއީ ރައީސް އޮފީހުގެ ސެޓްލްމަންޓް ކޮމިޓީގެ މެމްބަރެއް ކަމަށްވެސް އިންތި ވިދާޅުވިއެވެ.

އިންތިގެ ވާހަކަތަކަށް ރައްދު ދެއްވަމުން އިބްރާ ވިދާޅުވީ، ޙައްޤު ހޯދުމަކީ އޭނާ ވަރަށް ފަރިތަކަމެއް ކަމަށާއި، ބިރަކީ ދަންނަ އެއްޗެއް ނޫން ކަމަށެވެ. އަދި އޭނާ ބަސްބުނުމުގެ ޙައްޤު ހޯދިއިރު އިންތި އިނީ ސިއެސްޓާ އެއްގައި ނިދާފައި ކަމަށް ވިދާޅުވެ އިބްރާވަނީ މަލާމާތުގެ ރާގެއްގައި، "އޭރު ކާޅުވެސް ނުކެނޑޭ،" ކަމަށް ވިދާޅުވެފައެވެ.

"ހަޔާތް ކުޑަވާން ވެއްޖެ ނަމަ އިންތި މެންނަށް އަދި އެއް މޭލު ކައިރިއަށްވެސް ނާދެވޭނެ." އިބްރާ ވިދާޅުވިއެވެ.



އިބްރާ އިތުރަށް ވިދާޅުވީ، ކިތަންމެ ވަރަކަށް އޭނާ ބަދުނާމު ކުރަން އުޅުނަސް ޙައްޤު ހޯދުމުގައި ފަސް ނުޖެހޭނެ ކަމަށާއި، މިއަދު އިންތި ދެއްކީ ޤާނޫނާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި "އިންތިމެންކަހަލަ" ދިހަ ވަރަކަށް ބުލީން ކިހިލި ޖަހައިގެން އުޅެވޭނެ ކަމަށާއި، މެމްބަރުންގެ "އިމްތިޔާޒް" އަކީ ކިޔާ ނަމަކުން ލިބޭ އެއްޗެއް ނޫންކަމަށްވެސް އިބްރާ ވިދާޅުވިއެވެ.

މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ދިނުމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ލަފާ ދީފައިވަނިކޮށް ދަޢުލަތުގެ އެޓަރނީ ޖެނެރަލް ވަނީ އެ ނިންމުމަށް ގޮންޖަހައި ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ މަންދު ކޮލެޖަށް ދިނުމަށް ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުޙަލާގައި އެއްބަސްވެފައެވެ. އަދި އެކަމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އިބްރާ އާއި، ސަރުކާރަށް ވަނީ އަމާޒު ވެފައެވެ. ނަމަވެސް އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި އޮޑިޓަރ ޖެނެރަލްގެ އެނިންމުން ގާނޫނާ ޚިލާފުކަމަށް ވިދާޅުވެ ސަރުކާރުން 15 މިލިއަން ރުފިޔާ މަންދަށް ދޭން ނިންމި ނިންމުން ވަނީ ދިފާޢުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން