ވިލިމާލެ ކުޑަކުދިންގެ ހިޔާގައި އަލިފާންރޯވިތަން: ފޮޓޯ އެމްއެންޑީއެފް
ވިލިމާލެ ކުޑަކުދިންގެ ހިޔާގައި އަލިފާންރޯވިތަން: ފޮޓޯ އެމްއެންޑީއެފް
ވިލިމާލޭގައި ހުންނަ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބަލަހައްޓާ ކުޑަކުދިންގެ ހިޔާގައި މިއަދު އަލިފާނުގެ ހަދިސާއެއް ހިނގައިފިއެވެ.

ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފުން 10:53 ގައި ބުނީ ވިލިމާލެ ކުޑަކުދިންގެ ހިޔާގައި ރޯވި މި އަލިފާން ކޮންޓްރޯލްކޮށް ނިއްވާލެވިފައިވާ ކަމަށެވެ. މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 10:04 ގައި ކަމަށް އެފަރާތުން ބުނެފައި ވެއެވެ.


މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް ކުޑަކުދިންގެ ހިޔާގެ ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ. ނަމަވެސް ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް އެމްއެންޑީއެފަކުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު