ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މި ސަރުކާރުގެ 14 ވަޒީރުންނަށް ރުހުން ދޭން ފާސްކުރިއިރު ހޯމް މިނިސްޓަރު އަލީ އިހުސާނަށް ރުހުން އޮތްކަމަށް ވޯޓު ދިނުމަކީ ހެދުނު ގޯހެއް ކަމަށް ވިދާޅުވެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ އަހުމަދު ޝަމްހީދާއި، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް މަޢާފަށް އެދިވަޑައިގެންފިއެވެ.
އިއްޔެ މަޖިލީހުގައި ނެގި ވޯޓުގައި ހޯމްމިނިސްޓަރު އަލީ އިހުސާނަށް ރުހުން ދިނުމަށް އެމްޑީޕީގެ 8 މެންބަރަކު ވޯޓު ދެއްވިއެވެ. އިހުސާނަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއި، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުވެ. އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ނާޒިމް ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ އާއްމު މެންބަރުންގެ ފާޑުކިޔުން އެޕާޓީގެ ޕީޖީ ގްރޫޕަށް އަމާޒުވުމާ ގުޅިގެން ޑރ. ޝަމްހީދު ވިދާޅުވީ އިހުސާނާއި އިތުރު ބައެއް ވަޒީރުންނަށް އިއްޔެ ވޯޓު ދިނުމަކީ ނިންމުނު ގޯސް ނިންމުމެއް ކަމަށެވެ. އަދި އެކަމުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށް ވިދާޅުވެ ޝަމްހީދު ވަނީ މަޢާފަށް އެދިވަޑައިގެންފައެވެ.
ހަމައެއާއެކު ކުޑޫ ވިދާޅުވީ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގެ ވޯޓުގައި އިހުސާނަށް ވޯޓު ދިނުމުގައި ވަރަށް ބޮޑު ގޯހެއް ހެދިފައިވާކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި އެއީ ކޮންމެހެން ތާއީދު ކުރާތީ ދިން ވޯޓެއް ނޫން ކަމަށާއި އެ ވަގުތު އެކަމާ މެދު އެންމެ ފުންކޮށް ނުވިސްނާ އަމަލުކުރެވުނީ ކަމަށް ކުޑޫ ވިދާޅުވިއެވެ.
އިހުސާނަށް ރުހުން ދިނުމަށްފަހު ކުޑޫ އާއި ޑރ. ޝަމްހީދު މަޢާފަށް އެދިވަޑައިގެންފައިވާއިރު، އެމްޑީޕީ ޕީޖީ ގުރޫޕުގެ ހުރިހާ މެންބަރުން ރުހުން ނުދޭން ވޯޓު ދިނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދުގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓަރު އަލީ ޝަރީފަށެވެ.
އިހުސާނަށް ރުހުން އޮތް ކަމަށް އެމްޑީޕީގެ މަޖިލިސް އަށް މެންބަރުން އިއްޔެ ވޯޓް ދެއްވިއިރު އެމްޑީޕީން ވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެތެރޭގައި އިހުސާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް މަޖިލީހަށް ހުށަހަޅާފައެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން އިޙްސާނަށް ރުހުން ދިން މައްސަލާގައި ގަލޮޅު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުالله ވިދާޅުވީ އެމްޑީޕީގެ މެންބަރުންނާއި، އެ ޕާޓީގެ ގައުމީ މަޖިލީހާއި، ދާއިރާތަކުގެ ރައްޔިތުންނަށް، މިކަމުގެ ތަފްސީލު މެންބަރުން ދޭން ޖެހޭނެ ކަމަށެވެ.
ހަމައެއާއެކު އުނގޫފާރު ދާއިރާގެ ކުރީގެ އެމްޑީޕީ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ މި ސަރުކާރުގެ އެންމެ ހަޑިހާވާ މިނިސްޓަރަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަނާއި ޕީޖީ ގްރޫޕް ބޭފުޅުން ރުހުން ދިނުމުގެ ފަހަތުގައިވާ ސަބަބުތައް އާއްމު މެމްބަރުންނަށް ސާފުކޮށްދޭންޖެހޭ ކަމަށެވެ.
މި މައްސަލަ ފެންމަތިވެފައި މިވަނީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ވާދަވެރިކަން ޕާޓީތެރޭގައި ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

MDP members, the MDP Gaumee Majlis, and especially their constituents who voted them in as opposition MPs, MPs expected to stand up to any government abuse or misuse of power, deserve an explanation. https://t.co/BgX3c9XKEl
— Eva Abdulla (@evattey) April 30, 2026
އިހުސާނަށް ރުހުން އޮތް ކަމަށް އެމްޑީޕީގެ މަޖިލިސް އަށް މެންބަރުން އިއްޔެ ވޯޓް ދެއްވިއިރު އެމްޑީޕީން ވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެތެރޭގައި އިހުސާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް މަޖިލީހަށް ހުށަހަޅާފައެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން އިޙްސާނަށް ރުހުން ދިން މައްސަލާގައި ގަލޮޅު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުالله ވިދާޅުވީ އެމްޑީޕީގެ މެންބަރުންނާއި، އެ ޕާޓީގެ ގައުމީ މަޖިލީހާއި، ދާއިރާތަކުގެ ރައްޔިތުންނަށް، މިކަމުގެ ތަފްސީލު މެންބަރުން ދޭން ޖެހޭނެ ކަމަށެވެ.
ހަމައެއާއެކު އުނގޫފާރު ދާއިރާގެ ކުރީގެ އެމްޑީޕީ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ މި ސަރުކާރުގެ އެންމެ ހަޑިހާވާ މިނިސްޓަރަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަނާއި ޕީޖީ ގްރޫޕް ބޭފުޅުން ރުހުން ދިނުމުގެ ފަހަތުގައިވާ ސަބަބުތައް އާއްމު މެމްބަރުންނަށް ސާފުކޮށްދޭންޖެހޭ ކަމަށެވެ.
މި މައްސަލަ ފެންމަތިވެފައި މިވަނީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ވާދަވެރިކަން ޕާޓީތެރޭގައި ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
ކިޔުންތެރިންގެ ހިޔާލު