އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ރަޖީވް ގާންދީ އަވަހާރަކޮށްލުމުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވެ 31 އަހަރަށްވުރެ ގިނަ ދުވަހު ޖަލުގައި ހޭދަކުރި އޭ.ޖީ. ޕެރަރިވަލަން، ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ހޯދައި އާ ފެށުމަކުން ދިރިއުޅުން ފަށައިފިއެވެ.
2022 ވަނަ އަހަރު ޖަލުން މިނިވަންވުމަށްފަހު، ބެންގަލޫރުގައި ގާނޫނީ ރޮނގުން ތައުލީމު ހާސިލުކޮށް، 2025 ވަނަ އަހަރު ބާ އިމްތިހާނު ފުރިހަމަކޮށް، އޭނާ މިހާރު ވަނީ މަދްރާސް ހައިކޯޓުގައި ވަކީލެއްގެ ގޮތުގައި ރަޖިސްޓްރީވެފައެވެ.
މިހާރު އުމުރުން 54 އަހަރުގެ ޕެރަރިވަލަން ބުނި ގޮތުގައި، އޭނާގެ އަމާޒަކީ އިންސާފު ލިބުން ލަސްވެފައިވާ އަދި ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ ވަސީލަތްތައް ނެތް ގައިދީންނަށް އެހީތެރިވުމެވެ.
"އަހަރެން ބޮޑަށް އިސްކަންދޭނީ އެކަށީގެންވާ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ނުލިބި ޖަލުތަކުގައި ތިބި މީހުންނަށް އިންސާފު ހޯދައިދިނުމަށް،" ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާގެ މި ނިންމުމަކީ ޖަލުގައި ހޭދަކުރި ދިގު މުއްދަތުގައި އަމިއްލައަށް ކުރަންޖެހުނު ގާނޫނީ ހިތްދަތި ތަޖުރިބާގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެކެވެ.
ޕެރަރިވަލަންއަކީ ކުރިން މަރުގެ އަދަބު އިއްވާފައިވާ މީހެކެވެ. ނަމަވެސް، އޭނާ ހުށަހެޅި ރަހުމުގެ އިލްތިމާސްއަށް ގޮތެއް ނުނިންމައި 11 އަހަރަށްވުރެ ގިނަ ދުވަސް ވުމުގެ ސަބަބުން، 2014 ވަނަ އަހަރު އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ އޭނާގެ މަރުގެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ލުއިކޮށްދީފައެވެ.
އޭގެ ފަހުން 2022 ވަނަ އަހަރު ކޯޓުން ވަނީ އޭނާ ޖަލުން މިނިވަން ކުރުމަށް އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު