މާލޭގައި ދިރިއުޅޭ ބިދޭސީންްގެ މެދުގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ ބަލީގެ ނުރައްކަލަށް ހުށަހެޅިފައިވާ ހުރިހާ ބިދޭސީން، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކަނޑައަޅާ ތަނެއްގައި ކަރަންޓީނު ކުރަން ނިންމައިފިއެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިއަދު ނެރުއްވި އެންގުމެއްގައި ވިދާޅުވެފައި ވަނީ މާލެ ސަރަހައްދުގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދާތީ، އަދި ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ މާލޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މެދުގައި ކަމަށް ވެފައި، ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ހަލުވިކަމާއެކު ބަލި ފެތުރެމުގެ ފުރުސަތު ބޮޑުކަަމަށް ފެންނާތީ ފިޔަވަޅުތަކެއް އަޅަން ނިންމަވާފައިވާ ކަމަށެވެ.
އެހެންކަމުން މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތުން މާލޭ ސަރަހައްދުގައި ވަޒީފާއަދާކުރާ ވަކި ތަނެއް ނެތި ނުވަތަ ދިރިއުޅޭނެ ވަކި ތަނެއް ކަނޑައެޅިފައި ނުވާ ބިދޭސީ މަސައްކަތްތެރިން ، އެކަހެރިކޮށް އެމީހުން މޮނީޓާކުރުމަށް އިތުރު ފިޔަވަޅުތަކެއް ނާޅާއިފިނަމަ އެމީހުންގެ މެދުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ފެނިވަޑައިގަންނަވާތީ އެފަދަ މީހުން، އެންއީއޯސީން ކަނޑައަޅާ ވަކި ތަނެއްގައި ކަރަންޓީނު ކުރުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ އަންގަވާފައެވެ.
މީގެ އިތުރުން މާލެ ސަރަޙައްދުގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން މޯލްޑިވްސް ޕޮލިސް ސަރވިސް އިން މޮނިޓަރ ކުރަމުންދާ އެޑްރެސްތަކުގައި ދިރިއުލޭ ގިނަ ޢަދަދެއްގެ ބިދޭސީ މަސައްކަތްތެރިންނަކީ މިހާރު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ގިނަބަޔަކާ ގުޅުންހުރި މީހުން ކަމުގައި ވާތީ އެމީހުންވެސް ކަރަންޓީން ކުރުމަށް ވަނީ އަންގަވާފައެވެ.
މީގެއިތުރުން ކޯވިޑް-19 ގެ ނުރައްކާ އޮތްކަމަށް ޤަބޫލުކުރެވޭ އެންމެހާ ބިދޭސީންނާއި، ބައްޔަށް ޕޮޒިޓިވްވެފައިވާ ބިދޭސީންނާ ސީދާ ގޮތުންނާއި ނުސީދާގޮތުން ދިމާވެފައިވާ އެންމެހާ ބިދޭސީންވެސް ކަރަންޓީން ކުރުމަށް ޑިރެކްޓަރ ޖެނެރަލް އަންގަވާފައިވެއެވެ.
ރާއްޖޭން މިހާތަނަށް 491 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން 334 މީހުންނަކީ ބިދޭސީންނެވެ. އޭގެތެރެއިން 261 މީހުން ނިސްބަތް ވަނީ ބަނގްލަދޭޝް އަށެވެ.

ކިޔުންތެރިންގެ ހިޔާލު