އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން
އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެނބުރިވަޑައިގަންނަވާނީ މާ ވަރުގަދަކޮށްކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކާއި ގުޅިގެން ކުރެވުނު ހުރިހާ އޮޕަރޭޝަންތަކެއް ކާމިޔާބުވެފައިވާތީ މާތްﷲ ގެ ހަޟުރަތަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ރައީސް ޞާލިޙު ވަނީ އޭޑީކޭގައި އެމަނިކުފާނަށް ފަރުވާ ދެއްވި ޑޮކްޓަރުންނަށް ވެސް ތަޢުރީފް ކުރަށްވައި ޝުކުރު އަދާކުރަށްވާފައެވެ.

ހަމައެއާއެކު ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު އެމަނިކުފާނު އެނބުރި ވަޑައިގަންނަވާނީ ކުރިޔަށްވުރެ މާ ވަރުގަކޮށް ސާބިތުކަމާއެކު ކަމަށް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.



މާލޭގެ ނީލޯފަރުހިނގުމުގައި ރޭ 8:30 ހާއިރު ބާރުގަދަ އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާއިރު އޭޑީކޭގައި ކުރި އޮޕަރޭޝަން ތަކަށް 16 ގަޑިއިރު ހޭދަވެފައިވާއިރު، އެމަނިކުފާނުގެ ހާލުކޮޅު ގޯސްކަމުން، އަދި އޮންނެވީ އައިސީޔޫގައި ކަމަށް އެމަނިކުފާނަށް ފަރުވާދެމުންދާ އޭޑިކޭ ހޮސްޕިޓަލުން މިއަދު ވަނީ ބުނެފައެވެ. ރޭގެ ހަމަލާގައި ރައީސް ނަޝީދަށް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގެންނެވިއެވެ. ރައީސް ނަޝީދަށް ލިބިފައިވާ އަނިޔާތަކާ ބެހޭގޮތުން އޭޑީކޭއިން ބުނީ، އެމަނިކުފާނުގެ ބޯ، މޭމަތި، ބަނޑު, އެތެރެހަށީގެ ބައެއް ގުނަވަންތަކާއި ހަތަރެސްފަޔަށް ވެސް އަނިޔާވެފައިވާ ކަމަށެވެ.

ފުލުހުން މިއަދު ބުނެފައިވަނީ އެ މައްސަލަ ތަޙުޤީޤު ކުރަމުން ގެންދާ ކަމަށާއި، އެ މައްސަލައާ ގުޅިގެން 04 މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން