އަމިއްލަފުށި ރިސޯޓާއި، ރ. އިފުރުވެސް އެއަރޕޯރޓާއެކީ ވިއްކާލުމަށް އިޢުލާން ކޮށްފިއެވެ.
ކޯސްޓްލައިން ގުރޫޕް އޮފް ކޮމްޕެނީޒްގެ ރިސޯޓު މެނޭޖްމެންޓް ޕާޓުނަރ، ދަ ސްމޯލް މޯލްޑިވްސް އައިލެންޑް ކޯ (ޓީއެސްއެމްއައިސީ) އިން މި ދެ ރަށުގެ އިތުރުން ބ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ފުނަދޫ ވެސް ވިއްކާލަން ވަނީ އިއުލާނު ކޮށްފައެވެ.
އިފުރު ރިސޯޓު ވިއްކާލަނީ 2015 އަހަރުން ފެށިގެން އައިލެންޑް އޭވިއޭޝަން ސާވިސަސްއިން އޮޕަރޭޓު ކުރަމުންދާ އިފުރު ޑޮމެސްޓިކް އެއާޕޯޓާއިވެސް އެކުގައެވެ.
ބ. ފުނަދޫވެސް ވިއްކާލުމަށް ދަ ސްމޯލް މޯލްޑިވްސް އައިލެންޑް ކޯ އިން ވަނީ އިޢުލާން ކޮށްފައެވެ. އެ ރަށަކީ 11.69 ހެކްޓަރުގެ ރަށެކެވެ. އެ ކުންފުނިން ނިންމާފައި ވަނީ އެ ރަށުގައި 90 ވިލާގެ ރިސޯޓެއް ތަރައްޤީ ކުރުމަށެވެ. މިރަށް ވިއްކާލުމަށް ނިންމާފައިވަނީ އެކުންފުނީގެ ރިސޯޓު ހެދުމުގެ ކޮންސެޕްޓާއިވެސް އެކުގައިކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސްގެ އަމިއްލަ ފުށިވެސް ވަނީ ވިއްކާލުމަށް އިޢުލާން ކޮށްފައެވެ. މި ހުރިހާ ރަށްތަކެއްވެސް ވިއްކާލަނީ 50 އަހަަރަށެވެ.

ކިޔުންތެރިންގެ ހިޔާލު