ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ ގާތުން އޮޅުންފިލުއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ހުށަހެޅުނު ކަންކަމަށް، ގާއިމުވެފައިވާ އުސޫލުތަކުގެ ތެރެއިން އެދެވޭ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، ލިބިވަޑައިގަންނަވާ ވަގުތުގެ ތަންދިން މިންވަރަކުން ވީހާވެސް ގިނަ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ޚިޔާލާއި ޝުއޫރުތައް އަޑުއެއްސެވުމަކީ އެމަނިކުފާނު ޚާއްޞަ އިސްކަމެއް ދެއްވާ ކަމެކެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑުގައި ބައިވެރިވި ފަރާތްތަކުން ވަނީ ބޯހިޔާވަހިކަމުގެ ތަފާތު ދަތިތަކާއި، ބޭސްފަރުވާގެ ޚިދުމަތް ހޯދުމުގައި ހުރި ހުރަސްތަކުގެ އިތުރުން، ވަޒީފާގެ މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ކުރިއެރުން ނުލިބޭ މައްސަލަތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.
ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ރިއާޔަތްކުރައްވަމުން ރައީސް ފާހަގަކުރެއްވީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މިހާތަނަށް އެއްވެސް ބޯހިޔާވަހިކަމެއްގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް ކަމަށެވެ. އަދި މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި، އިތުރު ފްލެޓްތައް ބިނާކުރެވޭނެ އާ މަގުތައް ސަރުކާރުން ހޯދަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައްޔިތުންގެ އަޑު" ޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑުގައި ރައީސް ޑރ. މުއިއްޒު އާންމު ރައްޔިތުންގެ ކަންބޮޑުވުން އަޑުއައްސަވަނީ
"ރައްޔިތުންގެ އަޑު" މި ޕްރޮގްރާމަކީ ރައްޔިތުންނަށް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް، އަމިއްލަ ދިރިއުޅުމުގެ ކަންކަމާއި، ސަރުކާރުގެ އިދާރާތަކާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން މުޅި މުޖުތަމައުގެ ލާބަޔާ ގުޅިފައިވާ ކަންކަމުގައި މަޝްވަރާކުރުމަށް ހުޅުވާލެވިފައިވާ މުހިންމު ފުރުސަތެކެވެ.
މި ސިލްސިލާ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގައި، ބައްދަލުކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަދަދަށާއި، ކަނޑައެޅިފައިވާ ވަގުތުގެ އިތުރުން ރައީސް އޮފީހުގެ އިދާރީ އިންތިޒާމުތަކަށް ބަލާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު