ހުޅުމާލޭގެ މަގުތައް މަރާމާތުކުރުމުގެ މަސައްކަތަކަށް ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތި، މި މަހުގެ 15 އިން ފެށިގެން 18 ގެ ނިޔަލަށް ވަގުތީ ގޮތުން ބަންދުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި މި ސަރަހައްދު ބަންދުކުރަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ މަގުތައް ހަދައި، މަރާމާތުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުންނެވެ. މިގޮތުން ކަނޑައެޅިފައިވާ ތާރީޚުތަކުގައި މަސައްކަތް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 8:00 އިން ރޭގަނޑު 10:00 އާ ހަމައަށެވެ.
މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު އަޑުގަދަވުމާއި، ބޭނުންކުރާ ބަރު އުޅަނދުތަކުގެ ސަބަބުން ވައިބްރޭޝަން އުފެދުމުގެ އިތުރުން ހިރަފުހުގެ އަސަރު ފޯރާނެތީ، އެ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކާއި ދަތުރުފަތުރުކުރާ އާންމުން އެކަމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޑީސީން ވަނީ އެދިފައެވެ.
މީގެއިތުރުން، މި މަރާމާތުގެ ސަބަބުން އާންމުންނަށް ކުރިމަތިވެދާނެ ދަތިތަކަށް މައާފަށް އެދެމުން، އެޗްޑީސީން ވަނީ ހުޅުމާލޭގެ ތަރައްގީގެ މިފަދަ މުހިންމު މަސައްކަތްތަކުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު