މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫޢާ ގުޅޭގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ މުހިންމު ސްޓޭކްހޯލްޑަރުން ކަމުގައިވާ ކްލިއަރިންގ އެޖެންޓުންނާއި ލޮރީ ޑްރައިވަރުންނާއެކު ޚާއްޞަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ހޮޓެލް ޖެންގައި ބޭއްވި މި ބައްދަލުވުމަކީ، ބަނދަރު ބަދަލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ދިމާވެދާނެ ގޮންޖެހުންތަކާއި ފަސޭހަ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން އެމް.ޕީ.އެލް އިން ސިލްސިލާކޮށް ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާ ގުޅޭގޮތުން އެމް.ޕީ.އެލްގެ ކްލިއަރިންގ އޭޖެންޓުން އަދި ލޮރީ ޑްރައިވަރުންނާއި ބައްދަލުކުރުން
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ބައްޓަންކުރުމުގައި، ބަނދަރުގެ ޚިދުމަތްތައް އެންމެ ގާތުން ބޭނުންކުރާ ފަރާތްތައް ކަމަށްވާ ކްލިއަރިންގ އެޖެންޓުންނާއި ލޮރީ ޑްރައިވަރުންގެ ބޭނުންތަކާއި ޚިޔާލުތައް ދެނެގަތުމެވެ.
ބައްދަލުވުމުގެ ބައިވެރިން ވަނީ ތިލަފުށީ ބަނދަރުގައި މުދާ ކްލިއަރކުރުމުގެ ކަންކަން ވީހާވެސް އަވަސް އަދި ހަރުދަނާ ނިޒާމެއްގެ ދަށުން ހަމަޖެއްސުމާ ގުޅޭގޮތުން އަގުހުރި މަޝްވަރާތަކެއް ހިއްސާކޮށްފައެވެ. އެމް.ޕީ.އެލްގެ އެންމެ ބޮޑު އަމާޒަކީ މި މަޝްރޫޢު ނިމިގެންދާއިރު، އެޖެންޓުންނާއި ޑްރައިވަރުންނަށް ލުއިފަސޭހަކަމާއެކު މަސައްކަތް ކުރެވޭނެ މާޙައުލެއް ތަނަވަސްކޮށްދިނުމެވެ.

މި މަޝްރޫޢާ ގުޅިގެން އެމް.ޕީ.އެލް އިން މީގެ ކުރިންވެސް ވަނީ ސަރުކާރުގެ ކަމާގުޅޭ މިނިސްޓްރީތަކާއި، މުއައްސަސާތަކާއި، ވިޔަފާރިވެރިންނާއި، ޝިޕިންގ އެޖެންޓުންގެ އިތުރުން ފްރައިޓް ފޯވަރޑަރުންނާ ބައްދަލުކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އިތުރު ސްޓޭކްހޯލްޑަރުންނާ ބައްދަލުކޮށް މަޝްވަރާ ކުރުމަށް ވަނީ ނިންމާފައެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ، މިހާރުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައި، ރާއްޖޭގެ މުދާ އުފުލުމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ އިސް އެއް މަޝްރޫޢެވެ.
ތިލަފުށީގައި ތަރައްޤީކުރާ ބަނދަރު ވެގެންދާނީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ، ޒަމާނީ ޓެކްނޮލޮޖީއާއި ވަޞީލަތްތައް ހިމެނޭ ތަނަވަސް "މަލްޓި-ޕާޕަސް" ބަނދަރަކަށެވެ. މި ތަނުގައި ޒަމާނީ ކޮންޓޭނަރ ޓާމިނަލްތަކާއި، ކޮންޓޭނަރ ފްރައިޓް ސްޓޭޝަންތަކުގެ އިތުރުން، އެކި ބާވަތްތަކުގެ މުދަލަށް ޚާއްޞަ ޓާމިނަލްތަކާއި، ފިނިކުރި މުދާ ރައްކާކުރާނެ ވަޞީލަތްތައް ޤާއިމުކުރެވޭނެއެވެ. މީގެއިތުރުން، ބޮންޑެޑް ވެއަރހައުސްތަކާއި ފުރިހަމަ ލޮޖިސްޓިކްސް ނިޒާމެއްގެ އެހީގައި މުދާ ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ ތަޞައްވުރުގެ ތެރޭގައި ހިމެނޭ މުހިންމު ވަޢުދުފުޅެކެވެ. އަންނަ އަހަރުގެ ނޮވެންބަރު 11 އަށް ޚިދުމަތް ދޭން ފެށުމަށް އަމާޒު ހިފާފައިވާ މި ބަނދަރު ވެގެންދާނީ، 24 ގަޑިއިރު މެދުކެނޑުމެއްނެތި ޚިދުމަތް ދެވޭ، ރާއްޖޭގެ ވިޔަފާރީގެ މައި ހަބަށެވެ.

ކިޔުންތެރިންގެ ހިޔާލު