ސަރުކާރުން ކުރިއަށްގެންދާ "ޑިޖިޓަލް ފޯރ އޯލް" ގައުމީ ކެމްޕޭނުގެ ދަށުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރި ސަރުކާރު ހިއްސާވާ ފުރަތަމަ ކުންފުންޏަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ވެއްޖެއެވެ.
އެމްޕީއެލްއިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، "އޭއައި އެސެންޝަލްސް: އަންޑަސްޓޭންޑިންގ އެންޑް ވާކިންގ ވިތު އޭއައި" ގެ ނަމުގައި ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި އެ ކުންފުނީގެ ސީއީއޯގެ އިތުރުން އެގްޒެކެޓިވް މެނޭޖްމަންޓް ޓީމުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
"ޑިޖިޓަލް ފޯރ އޯލް" ކެމްޕޭނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ "މޯލްޑިވްސް 2.0" ތަސައްވުރުގެ ދަށުން، މުޅި ރާއްޖޭގައި ޑިޖިޓަލް އަދި އޭއައިގެ ހޭލުންތެރިކަން އިތުރުކުރުމަށް ފަށާފައިވާ ގައުމީ ކެމްޕޭނެކެވެ.
މި ކެމްޕޭނަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓްރެޓީޖިކް އިރުޝާދުގެ ދަށުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އަދި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. އަދި މި ޕްރޮގްރާމްތައް އަމަލީ ގޮތުން ހިންގަމުން ގެންދަނީ ފިއުޗަރ އިންސްޓިޓިއުޓާއި މައިންޑްކޯ އިންނެވެ.
މި ތަމްރީނު ޕްރޮގްރާމްގެ ސަބަބުން، ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރިވެ، ޑިޖިޓަލް ދާއިރާއިން ކުންފުނީގެ ގާބިލުކަން އިތުރުކުރުމަށާއި، ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގައި އެމްޕީއެލްގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު