މާލެ ސިޓީ ކައުންސިލުގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް މިއަދު އައްޔަނުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަރީޝް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ބޯޑަށް އައްޔަނު ކުރެއްވިކަން ހާމަކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ.
މާފަންނު ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރުކަމަށް 2021 ވަނަ އަހަރު އިންތިހާބުވެވަޑައިގެންނެވި އަރީޝް، ސިޓީ ކައުންސިލްގެ ދައުރު ނިމުނުއިރު އެންމެ ފަހުން ހުންނެވީ ޑެޕިއުޓީ މޭޔަރުގެ މަގާމުގައެވެ. އޭނާ އެ މަގާމަށް އިންތިހާބުކުރެވުނީ މާޗު 16، 2024 ގައެވެ.
އަރީޝް އެންމެ ފުރަތަމަ ސިޓީ ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވީ އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައެވެ. ނަމަވެސް، ޖެނުއަރީ 25، 2024 ގައި އޭނާ ވަނީ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރަށްވާފައެވެ.
ރައީސް މުޢިއްޒު އިބްރާހީމްގެ ސަރުކާރުން އަންނަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް ބަދަލުތައް ގެންނަމުންނެވެ. މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ބޯޑަށް މި ގެނެވުނު ބަދަލަކީ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ޕީސީބީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގެނެވުނު ބަދަލެކެވެ.

ކިޔުންތެރިންގެ ހިޔާލު