ޓީޖެޓީ ސަރަހައްދު--
ޓީޖެޓީ ސަރަހައްދު--
އަންނަ މަހުން ފެށިގެން ބަރުމަރުކާ ނެތް އުޅަނދުތަކަށް ޓީޖެޓީ ސަރަހައްދަށް ނުވަދެވޭނެކަމަށް އެ ޓީޖެޓީ އޮޕަރޭޓްކުރާ އެމްޕީއެލްއިން ބުނެފިއެވެ.

އެމްޕީއެލްއިން މިއަދު ބުނީ މިއީ ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނާއި، އުޅަނދުފަހަރަށް ހުއްދަކުރެވިފައިވާ މިންވަރަށްވުރެ އިތުރަށް މުދާ ބަރުކުރުން ހުއްޓުވުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އެގޮތުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އަންނަ މަހުގެ އެކަކުން ފެށިގެން، ޓީޖެޓީ ސަރަހައްދަށް ވަދެނިކުމެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ އުޅަނދުތަކަށް ކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ.

އެ ޝަރުތުތަކުގެ ތެރޭގައި އުޅަނދުގެ އަރިމަތީގައި ބަރުމަރުކާގެ ރަސްމީ ނިޝާން ސާފުކޮށް ފެންނަން ހުރުމާއެކު މުއްދަތު ހަމަނުވާ ބަރުމަރުކާ ސެޓްފިކެޓެއް އޮވެ

އުޅަނދުފަހަރު ދަތުރުކުރަން ޓްރާންސްޕޯޓްގެ ހުރިހާ ހުއްދަތައް ހިމެނޭ ލިޔުންތައް އޮތުން ހިމެނެއެވެ.

އެހެންވެ ހިދުމަތް ހޯއްދެވުމުގައި ދަތިތަކެއް ދިމާނުވެ ހިދުމަތް ފުރިހަމަ ކުރުމަށްޓަކައި، ހުރިހާ އުޅަނދުފަހަރުގެ ވެރިންނާއި ކެޕްޓަނުން މުއްދަތު ހަމަވުމުގެ ކުރިން ސެޓްފިކެޓްތައް އާކޮށް ނިޝާން ޖެހުމަށް އެމްޕީއެލްއިން ވަނީ ހަނދާންކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު