ޗައިނާގެ އެހީ ހިފައިގެން މިއަދު އައި މަތިންދާ ބޯޓު
ޗައިނާގެ އެހީ ހިފައިގެން މިއަދު އައި މަތިންދާ ބޯޓު
ޗައިނާގެ ޚާރިޖީ ވުޒާރާއާއި އެގައުމުގެ ބައެއް އަމިއްލަ ފަރާތްތަކުން ރާއްޖެއަށް ހަދިޔާކުރި ރާއްޖެއަށް ގެނެސްފިއެވެ.

މިތަކެތި ރާއްޖެއަށް ގެނައީ ޗާޓަރ ފްލައިޓެއްގައި ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ. މީގެތެރޭގައި ހިމެނެނީ ކޯވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތް ތަކުގައި ބޭނުންކުރާ ޞިއްޙީ އާލާތްތައް ކަމަށްވެސް އެމްބަސީން ބުނެފައި ވެއެވެ.

ރާއްޖެއަށް މިއަދު ގެނައި އެހީގެ ސާމާނުގެ ތެރޭގައި ޑިސްޕޯސަބަލް މާސްކާއި އެން 95 މާސްކާއި ޓެސްޓް ކިޓާއި ގޮގްލްއާއި ކެއަރ ބެޑާއި 10 ވެންޓިލޭޓަރ ހިމެނެއެވެ.

މިފަހަރު ގެނައި މިއެހީގެ ތަކެތި ހަދިޔާކޮށްފައިވަނީ އަލިބާބާ ފައުންޑޭޝަނާއި ޖެކްމާ ފައުންޑޭޝަނާއި ޗައިނާގެ އަމިއްލަ ހަ ކުންފުންޏަކުންނެވެ.





ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން