ޗައިނާ ސަރުކާރާއި ރައްޔިތުންނަކީ އަބަދުވެސް ދިވެހިރާއްޖެއާއި ގާތް ގުޅުމެއް ބާއްވާ ދިވެހިންގެ އެކުވެރި ރަޙްމަތްތެރިން ކަމުގައި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މިއަދު ނެރުއްވި ބަޔާނެއްގައި ކޯވިޑް-19 އާއި ގުޅިގެން މިއަދު ޗައިނާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދަތިތަކާއި އެކުވެސް، ދިވެހިންނަށް އެހީވުމުގައި ދިވެހިންނާއި އެކު އަތާއަތްގުޅާލައި ޗައިނާގެ ރައްޔިތުން ތިބުމުން، އެކަމަށްޓަކައި ހެޔޮ އެދުމާއި އިޚުލާސްތެރިކަމުގެ ޝުޢޫރު ރާއްޖޭގެ ޚާރިޖީ ވަޒީރު ފާޅު ކުރަށްވާފައިވެއެވެ.
"މިއީ އުނދަގޫ ދަތުރެކެވެ. ނަމަވެސް އެކީ އެކުގައި ހޭރިޔާކޮށް އަމާން ބަނދަރަކަށް ވާސިލް ވުމުގެ އުންމީދާއި ޔަގީންކަން އެބައޮތެވެ." ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ ބަޔާނުގައި ވެއެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ، މީގެ އެއްމަސް ދުވަސް ކުރިން ޗައިނާއިން ވަނީ ރާއްޖޭގައި އޮތް ކޯވިޑް-19 ގެ ބަލިމަޑުކަމަށް އެވަގުތަށް އެންމެ ބޭނުންވި ސިއްހީ ސާމާނު, ހިލޭ އެހީގެ ގޮތުގައި އެ މުހިންމު ދަނޑިވަޅުގައި ހަދިޔާކޮށް ދެއްވާފައެވެ. އަދި މިއަދު އަނެއްކާވެސް ފުލައިޓެއް ފުރާ، މި ބަލިމަޑުކަމުން ދިފާޢު ވުމަށް ބޭނުންވާ ސިއްހީ އާލާތްތަކާއި ވެންޓިލޭޓަރުގެ ދީލަތި އެހީ ޗައިނާއިން ލިބިގެންދިއުމުން އެކަމަށްޓަކައި ޝާހިދު ވަނީ ޗައިނާއަށް މަރުހަބާ ވިދާޅުވެފައެވެ.
އަދި މި އެހީތެރިކަން ޗައިނާއިން ލިބިގެން މިދަނީ ރާއްޖޭގެ ކަންކޮޅުތަކުގައި މިބަލި ފެތުރުން އިތުރުވެ، އެހީތެރިކަމަށް ބޭނުން ބޮޑުވެފައިވާ މުހިންމު ދަނޑިވަޅެއްގައި ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
ދުނިޔެ އަށް ޖެހިފައި މިވަނީ ހީވެސް ނުކުރާފަދަ ދަތި އުނދަގޫ މުސީބާތެއް ކަމަށާއި، ހަމަ އެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މި ކުޑަ ޖަޒީރާ ޤައުމަށް މި ބަލިމަޑުމަކުން ލިބޭ އިގްތިޞާދީ ގެއްލުން ބޮޑުކަން ފާހަގަކުރަށްވާ މިނިސްޓަރ ގެ ބަޔާނުގައި ވިދާޅުވެފައިވަނީ، މެދު-އާމްދަނީ ލިބޭ ޤައުމުތަކުގެ ތެރެއިން އެންމެ ބާރު މިނުގައި ތަރައްޤީ ވަމުންދިޔަ ރާއްޖެ މިއަދު މިވަނީ އެއްވެސް އާމްދަނީއެއް ލިބެން ނެތް ޤައުމަކަށް ބަދަލުވެފައިކަމަށެވެ.
ނަމަވެސް ބައިނަލްއަގުވާމީ މުޖުތަމަޢުގައި ތިބި ރާއްޖޭގެ އެކުވެރިންނާއި އެކު، މި ދަތި އުނދަގޫ ދުވަސްތައް ފަހަނައަޅައި ދިޔުމުގެ އަޒުމާއި ހިތްވަރު އަދި އެ ސާބިތުކަން ރާއްޖޭގައި ހުރި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޝާހިދުގެ ބަޔާނުގައި ވަނީ ޗައިނާގެ ރައީސް ޒީ އަށާއި ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރ ވަންގް ޒީ އާއި ޗައިނާގެ ރައްޔިތުންނަށް ހެޔޮއެދުމާއި ޝުކުރު އަދާކުރައްވާފައެވެ. އަދި މި ދަތި ހައްސާސް ދަނޑިވަޅުގައި ރާއްޖެއަށް ދީލަތި އެހީ ފޯރުކޮށްދިން ޗައިނާގެ ޖަމިއްޔާ ޖަމާޢަތްތަކަށާއި ކުންފުނިތަކަށް ވެސް ޝުކުރު އަދާކުރައްވާފައި ވެއެވެ.
ޗައިނާ ސަރުކާރުން ރާއްޖެއަށް މިއަދު ފޮނުވި ހިލޭ އެހީގެ އިތުރުން އެގައުމުގައި ތިބި ދިވެހިންގެ އެކުވެރި ހެޔޮއެދޭ ފަރާތްތަކުގެ އެހީ ވެސް މިއަދު ލިބިފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރ އަބްދުﷲ ޝާހިދުގެ ބަޔާނުގައި ދިވެހި ސަރުކާރުން ކޯވިޑް-19 އިން އަރައިގަތުމަށް ކުރަމުން ގެންދާ މަސައްކަތް ތަކަށް ރާއްޖޭގައި މަސައްކަތް ކުރާ ޗައިނާގެ ކުންފުނިތަކުން ދެމުން ގެންދާ އެއްބާރުލުމާއި އެހީތެރިކަންވެސް ފާހަގަ ކުރަށްވާފައެވެ. އެގޮތުން ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އިން، ކުޑަކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ 5000 ފޭސް މާސްކް، ރާއްޖެއަށް ހަދިޔާ ކޮށްފައިވާކަން ފާހަގަ ކުރައްވާފައި ވެއެވެ. އެކުންފުނި މި ތަކެތި ހަދިޔާ ކުރި މިދިޔަ މަހުގައެވެ.
މީގެ އިތުރުން މިއަދު އައި އެހީގެ ފްލައިޓް ޗާޓަރ ކުރުމަށް ޗައިނާ އެމްބަސީއާއި ގުޅިގެން ސީއެމްސީން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، ސަރުކާރުން ގާއިމުކުރާ އެމަޖެންސީ މަރުކަޒުތައް ބިނާކުރުމުގައި ބެއިޖިންގ އާރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑުން ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުން އަންނަކަން މިނިސްޓަރ ފާހަގަކުރައްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު