ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އައި ކޯވިޑް-19 ގެ މީހަކު ޑީއެޗް 17 އަށް ބަދަލުކޮށްފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑޮކްޓަރު މުހައްމަދު އިސްމާއިލް ވިދާޅުވީ ކޯވިޑް-19 ޖެހިފައިވާ ހަ މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އައިކަމަށާއި އަދި އޭގެތެރެއިން އެކަކު ތަންކޮޅެއް ރަނގަޅުވުމާ ގުޅިގެން މިހާރު ޑީއެޗް 17 އަށް ބަދަލުކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ހަ ބަލި މީހަކަށް ފަރުވާ ދެމުން ދިޔައިން. އޭގެ ތެރެއިން އެކަކު މިހާރު ތަންކޮޅެއް ރަނގަޅުވުމާ ގުޅިގެން މިހާރު ޑީއެޗް 17 އަށް ބަދަލުކޮށްފަ. އެބަލި މީހާގެ ހަމައެކަނި މައްސަލައަކަށް މިހާރު ހުރި މައްސަލައަކީ ލިވާގެ މައްސަލައެއް. އެކަން ފިޔަވައި އެހެން މައްސަލައެއް ނެތް. އަދި އެއް ސާމްޕަލް ނެގެޓިވް ވެއްޖެ. އަދި ދެވަނަ ސާމްޕަލްގެ ރިޕޯޓް އަދި އަޅުގަނޑަކަށް ނުލިބޭ." ޑރ. އިސްމާއިލް ވިދާޅުވިއެވެ.
އެގޮތުން މިހާރު ފަރުވާދެމުން އަންނަ ފަސް މީހުންގެ ތެރެއިން ދެމީހެއްގެ ހާލު އެހާ ރަނގަޅު ނޫން ކަމަށާއި ނަމަވެސް ދެން ތިބި މީހުންގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ޑރ. އިސްމާއިލް ވިދާޅުވިއެވެ.
"ދެން މިއޮތީ 88 އަހަރުގެ ފިރިހެނެއް. އޭނަ އެޑްމިޓް ކުރިތާ މިހާރު މިވީ ތިންވަނަ ދުވަސް. އެމީހާގެ ހާލަތު އަދި އެހާ ރަނގަޅެއް ނޫން. އަދި އެހެން ސިއްހީ މައްސަލަތައްވެސް އެމީހާގެ ހުރުމާއެކު އިތުރަށް ގޯސްވުމުގެ ފުރުސަތުވެސް އެބައޮތް. ނަމަވެސް އުންމީދު ކުރަނީ ކުރިއެރުން ލިބޭނެ ކަމަށް." ޑރ. އިސްމާއިލް ވިދާޅުވިއެވެ.
ޑރ. އިސްމާއިލް ވިދާޅުވީ ހާލު އެހާ ރަނގަޅު ނޫން ދެވަނަ މީހާ އަކީ އުމުރުން 80 އަހަރުގެ މީހެއް ކަމަށާއި އެމީހާއަކީވެސް އެކިއެކި ސިއްހީ މައްސަލަތައް ހުރި މީހެއްކަމަށެވެ.
އޭނާ އެޑްމިޓް ކުރިފަހުން ބެކްޓީރިއަލް ނިއުމޯނިޔާ ޖެހުމުގެ ސަބަބުން ހާލު އެހާ ރަނގަޅު ނޫން ކަމަށާއި ނަމަވެސް އޮކްސިޖަން ބޭނުންވާ ވަރު އިތުރު ނުވާކަމަށް ޑރ އިސްމާއިލް ވިދާޅުވިއެވެ. އަދި ބެކްޓީރިއަލް ނިއުމޯނިޔާއަށް ބޭސްދެވެން ފެށުމުން ހާލު ރަނގަޅުވަމުންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ޑރ އިސްމާއިލް ވިދާޅުވިއެވެ.
ޑރ އިސްމާއިލް ވިދާޅުވީ މިހާރު އައިސީޔޫގައި ފަރުވާ ދެމުން އަންނަ ފަސް މީހުންގެ ތެރެއިން އޮކްސިޖަން ގުޅައިގެން ފަރުވާ ދެމުން އަންނަނީ ދެ މީހަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު