މި ރަމަޟާން މަހުގެ 27 ވިލޭރޭ ލ. ގަމުގައި ދަމު ނަމާދުކުރަމުން ދަނިކޮށް މުދިމަށް ހަމަލާދިން މީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެ އެވެ.
ގަމު ތުނޑީ އަވަށުގެ އާބާދީ ސަރަހައްދު މިސްކިތުގައި ދަމު ނަމާދު ކުރަމުން ދަނިކޮށް މިސްކިތަށް މީހަކު ވަދެ މުދިން މީހާގެ ގައިގައި ޖަހާ މައިކް އެއްލާލި މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވަނީ އެރޭ ދަންވަރު 2:50 ހާއިރުއެވެ.
ފުލުހުން ބުނީ އެމައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު