ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ (ކ) އާއި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ (ކ) އާއި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް
އަސްލެއް ނެތް ކަންކަމުގައި އިދިކޮޅު ފަރާތްތައް ކޯޓަށް ދަމާ ހެދުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މެންބަރު ޝިޔާމް ވިދާޅުވީ ރަމަޟާން މަހުގެ ފަހު 10 އެއްގައި، އެއްވެސް އަސްލެއް ނެތް ކަންކަމުގައި، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރުން ކޯޓަށް ދަމާ ހަދާތީ ހިތާމަ ކުރައްވާ ކަމަށެވެ. ޝިޔާމް މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ކުރީގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާ އާއި ގުޅިގެން މިއަދު އޭނާ ކޯޓަށް ހާޒިރު ކުރުމުންނެވެ.



ގާނޫނާއި ޚިލާފަށް ހެކި ހޯދާފައިވާތީ އެމައްސަލަ ކޯޓުން މިއަދު ވަނީ ބާތިލްކޮށްފައެެވެ. ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، އިދިކޮޅު ލީޑަރުން އެއްވެސް އަސްލެއް ނެތް މައްސަލަތަކުގައި ކޯޓަށް ދެމުމަށްވުރެ ގައުމުގައި ހުރި ބޮޑެތި މައްސަލަތައް އަވަސްކުރުން މާ މުހިންމު ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. މީގެއިތުރުން އަދުރޭގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ އުފުލޭނެ ދައުވާއެއް ނޫންކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިހެން ވިދާޅުވެފައިވާއިރު އިދިކޮޅު ލީޑަރު ރައީސް އަބްދު ﷲ ޔާމިން ވެސް ވަނީ މަނީ ލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. ރައީސް ޔާމިންގެ މައްޗަށް އިތުރު ދައުވާތަކެއް މިހާރު ވަނީ އުފުލާފައެވެ. އިދިކޮޅު ކޯލިޝަނުން ބުނަނީ ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވަނީ ނުހައްގު ބާތިލް ދައުވާ ތަކެއް ކަމަށެވެ. ރައީސް ޔާމީން ޖަލަށް ހުކުމްކުރިފަހުން އިދިކޮޅުގެ ހަރަކާތް ހިންގުމާއި އިސްކޮށް ހަވާލުވެވަޑައިގެން ހުންނަވަނީ އަބްދުއްރަހީމެވެ.

ރައީސް ޔާމީން ވެސް މިހާރު ހުންނެވީ ގޭބަންދަށް ބަދަލު ކޮށްފައެވެ. އެމަނިކުފާނު ގޭބަންދަށް ބަދަލުކުރީ ޖަލުގައި 500 އަށްވުރެ ގިނަ ދުވަހު ހޭދަކުރެއްވި ފަހުން މި ރޯދަމަހުގެ މެދުތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން