މަބްރޫޫޫޫޫކް އަޒީޒް
މަބްރޫޫޫޫޫކް އަޒީޒް
ތަކަންދޫން އޮޅިގެން ކުއްޖަކު ކަރަންޓީނަށް ގެންދެވުނުކަން ހާމަކޮށް އެކަން ހިނގާދިޔަ ގޮތް އެޗްޕީއޭ އިން ކިޔައިދީފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ކަރަންޓީނަށް ގެންދެވުނު ކުއްޖާ ނެގެޓިވް ކަމަށާއި، އެހެން ނަމަވެސް އެ ކުއްޖާއަކީ ކްލޯޒް ކޮންޓެކްޓެއް ކަމަށްވާތީ އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ.

އެ ކުއްޖާ ކަރަންޓީނަށް ގެންދިޔައީ އެ ކުއްޖާގެ މަންމައާއެކު ކަމަށާއި، އެހެން ކަމުން އެކަމުގައި ކަން ހިނގާދިޔަގޮތް އެ ކުއްޖާގެ ޢާއިލާއާ މިހާރު ޙިއްސާކޮށްފައި ވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ތަކަންދޫއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ އެހެން ކުއްޖެއް ކަމަށާއި، ނަމަވެސް އެއީ ހަމަ އެ ޢާއިލާއަށް ނިސްބަތްވާ ކުއްޖެއް ކަމަށެވެ.

މިކަމުގައި އެޗްޕީއޭ އަށް އޮޅުންއެރީ ޕޮޒިޓިވްވީ ކުއްޖާއާއި އޮޅިގެން ކަރަންޓީން ކުރެވުނު ކުއްޖާގެ ނަމުގައި ހިމެނޭ އަކުރެއްގެ ތަފާތެއްގެ ސަބަބުން ކަމަށް މަބްރޫކް ވިދާޅުވިއެވެ. ނަމަވެސް ޕޮޒިޓިވްވި ކުއްޖާ ކަރަންޓީނަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ތަކަންދޫން ޕޮޒިޓިވްވި މީހުންނަކީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ކާވިޔާ ބޯޓުން އެ ރަށަށް ދަތުރު ކުރި ބައެކެވެ. ކާވިޔާ ބޯޓު މިވަގުތުވެސް މޮނިޓަރިންގެ ހާލަތުގައި އޮތްއިރު، އެ ބޯޓުން ދަތުރުކުރި ގިނަ އަދަދެއްގެ ތަކަންދޫ މީހުން މިހާރުވެސް ތިބީ ހޯމް އައިސޮލޭޝަންގައެވެ.

ކާވިޔާ ބޯޓު ދަތުރު ކުރި ހަތް ރަށެއް މީގެ ކުރިން މޮނިޓަރިންއަށް ގެންދިޔައެވެ. އެއީ އެ ބޯޓުން ދަތުރު ކުރި އުލިގަމު މީހަކު އެ ބޯޓުގައި ރަށަށް ދިޔަަ ފަހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން