އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާޢީލް
އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާޢީލް
އެމްއެމްޕީއާރުސީގެ ޚިޔާންތެރިންގެ ލިސްޓް ކަމަށްބުނެ ސޯޝަލްމީޑިއާގައި ލިސްޓެއް ލީކުވުމާއެކު އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާޢީލް (އިބްރާ) ގެ މީސް މީޑިއާގެ ހަރަކާތްތައް އިތުރުވެ ބަހުގެ ހަމަލާތައް ވަރަށް ވަރުގަދަ ވެއްޖެއެވެ.

މިދޭތެރެއިން އިބްރާގެ މަންދު ކޮލެޖަށް ދަޢުލަތުން ބަދަލުގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ދިނުމަށް ނިންމުމާ ގުޅިގެން ޢާއްމުންގެ ބައެއް ފަރާތްތަކާއި ސިޔާސީ މީހުންގެ ފާޑުކިއުން އަމާޒުވެ އިބްރާގެ ތަރީގެ ވިދުން ސޯޝަލް މީޑިއާގައި ކޮންމެވެސް ވަރަކަށް ފަނޑުވުކަން ފާހަގަކުރެވުނެވެ. ނަމަވެސް އިއްޔެ ލީކުވި ލިސްޓާއެކު އެނބުރި އައިސް އިބްރާ ވަނީ ބަދަލު ދިނުމުގެ މައްސަލާގައި އޭނާއާއި އެންމެ ބޮޑަށް ޖަދަލު ކުރެއްވި މަޖިލީހުގެ މެމްބަރުންނަށް ހޫނު ރައްދުތަކެއް ދެއްވާފައެވެ.

އެގޮތުން އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު ފަރާތްތައް ދަޢުލަތުގެ މަޤާމުތަކުން ވަކި ކުރުމަށް މެންބަރު އީވާ ހުށައަޅުއްވާފައި ވާތީ އިބްރާ ވަނީ އެކަމަށް ތާޢީދު ކުރަށްވައި އެ ފައިސާ ލިބުނު އެމްޑީޕީގެ އިސް ސަފުގައި ތިބި ފަރާތްތައްވެސް މަޤާމުތަކުން ވަކި ކުރުމަށް ގޮވާލައްވާފައެވެ. ޚިޔާނާތުގެ ލިސްޓުގައި އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަތީފާއި، ނައިބު ރައީސް މުޙައްމަދު ޝިފާޒާއި، އީވާގެ ފިރިކަލުން ސާބެގެ ނަންވެސް ހިމެނިފައި ވެއެވެ.

އެމްޑީޕީ ޗެއާޕާސަން ހަސަން ލަތިފާއި ގުޅޭގޮތުން ލީކްކޮށްލާފައިވާ މައުލޫމާތުތަކުން އެގޭގޮތުގައި އޭރު އެމްޑީޕީއާއި އިދިކޮޅު ފަރާތްތައް އިސްވެ އޮވެ ހިންގި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ހަރަދުތަކަށް 5 މިލިއަން ރުފިޔާ ހަސަން ލަތީފާއި ހަވާލުކޮށްފައި ވާކަމަށް ވެއެވެ. މީގެއިތުރުން އެމްޑީޕީން ހިންގި މިންޖުވާން މުޒާހަރާގެ ހަރަދުތަކަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒަށް 2 މިލިއަން ރުފިޔާ ދީފައިވާކަމަށްވެސް އަދީބު ބުނެފައިވާކަމަށް ލީކް ކޮށްލާފައިވާ މައުލޫމާތުތަކުން ވަނީ ހާމަވެފައެވެ. މީގެ އިތުރުން ސާބެ އަށްވެސް މިންޖުވާން މުޒާހަރާގެ ޚަރަދުތަކަށް 3 މިލިއަން ރުފިޔާ ޙަވާލުކޮށްފައި ވެއެވެ.

ލިސްޓުގައި ޝިއްޕެގެ ނަން އޮތުމާ ގުޅިގެން އިބްރާ ވަނީ ޝިއްޕެ ރައީސް އޮފީހާއި އަމިއްލައަށް ދުރަށް ޖެހިލުމަކީ ރައީސް ޞާލިޙަށް ފަސޭހަވާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ޕާޓީގެ އަގު ހިފެހެއްޓުމަށްޓަކާ ޕާޓީ އޮފީހާ ދުރަށް ޖެހިލުމަށްވެސް އިބްރާ ވަނީ ޝިއްޕެއަށް ގޮވާލައްވާފައެވެ.

އެމްއެމްޕީއާރްސީގެ މައްސަލަ ބަލައި އެފައިސާގައި ޖެހިފައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ އެމްޑީޕީން ވެފައިވާ ވައުދެއްކަން ފާހަގަކޮށްލެވެއެވެ. މި މައުލޫމާތުތައް ލީކުވީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓް މަޖިލީހުގެ 241 ކޮމިޓީއަށް ހިއްސާ ކޮށްފައި ވަނިކޮށެވެ. ޚިޔާނާތުގެ ލިސްޓް ހާމަކުރަން އެމްޑީޕީގެ އިސްބޭފުޅުން ކުރިން ގޮވާލި ނަމަވެސް އެ ޚިޔާނާތުގެ ލިސްޓް މަޖިލީހަށް ހަމަ ލިބުމާއެކު އެބޭފުޅުންގެ ރާގުވަނީ ކުއްލިއަކަށް ބަދަލުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ރެއްކަބޭ

15-May-2021

ހަސަން ލަތީފަކީ އިބްރާގެ ސްޕައި އޭޖެންޓެއް.



ޓްރެންޑިން