ގަވާއިދާ ޚިލާފަށް ދިވެހި ރާއްޖޭގައި ދިރިއުޅެމުންދާ ހުރިހާ ބިދޭސީން އަނބުރައި އެމީހުންގެ ގައުމަށް ފޮނުވާލުން ނޫން ގޮތެއް ނެތްކަމަށް މަޖިލިސް މެންބަރުކަމާއި މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވާފައިވާ ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރޯނާވައިރަހުގެ ސަބަބުން ރާއްޖެ މިއޮތް ހާލަތު ބަދަލުވުމުން ބިދޭސީން ކުރިންވެސް ދިރިއުޅެމުންދިޔަ ގޮތަށް ރާއްޖޭގައި މަސައްކަތްކޮށް ދިރިއުޅުމުގެ ފުރުސަތު ދޭނަމަ ދޭންވާނީ އިމިގްރޭޝަންގެ ގާނޫނާއި ވިޔަފާރީގެ އިތުރުން އެހެން ހުރިހާ ގާނޫނަކާއިވެސް އެއްގޮތްވާގޮތުގެ މަތީން ކަމަށެވެ.
އެނޫން ގޮތެތްގައި އެމީހުން މިގައުމުގައި ދިރިއުޅުމުގެ ހުއްދަ ދިނުން ރަނގަޅުނުވާނެކަން ފާހަގަކުރައްވާ މޫސަ ވިދާޅުވީ ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ހުރިހާ ބިދޭސީން އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުން ނޫން ގޮތެއް ދިވެހި ސަރުކާރަށް ނެތްކަމަށެވެ.
މިހާރު ސަރުކާރުގެ އެކި ފެންވަރުގެ ޒިންމާދާރު ބޭފުޅުން ވެސް ގެންދަވަނީ މިކަމުގައި ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އެގޮތުން ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ވެސް އިއްޔެ ވިދާޅުވެފައިވަނީ ކޯވިޑް-19 ގެ ރޯގާމަލިމަޑުކަމާއި ކުރިމަތިލުމުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި ވަނީ ބިދޭސީންގެ މައްސަލަ ހައްލުނުވެ އޮތް މައްސަލަ ކަމަށެވެ. ސަރުކާރުން ރޭ ބުނެފައި ވަނީ މާލެ ސިޓީގައި އުޅޭ ބިދޭސީންގެ ތެރެއިން ބައްޔަށް ހުށަހެޅިފައިވާ ބިދޭސީން މާލެއިން ބޭރަށް ގެންދިއުމުގެ މަސައްކަތް ރޭ ފަށާނެ ކަމަށެވެ.
ދިވެހިރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޖެހި އައިސޮލޭޓްކުރެވިފައިވާ މީހުންގެ ތެރޭގައި އެންމެ ގިނައީ ބިދޭސީންނެވެ. އެގޮތުން މިހާރު ރާއްޖެއިން ވައިރަސް ޖެހުނު މީހުންގެ އަދަދު 518 އަށް އަރާފައިވާއިރު، އޭގެތެރެއިން 343 މީހުންނަކީ ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު