ސީޕީ ހަމީދު
ސީޕީ ހަމީދު
އަމާން މުސްތަގުބަލަކަށާއި އިންސާފާއި އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް މުހިއްމު ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ދެއްވި މެސެޖުގައި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ، ކަށަވަރު އަދި ސައިންޓިފިކް މައުލޫމާތާއެކު ކަންކަން ރަނގަޅަށް އޮޅުންފިލާފައިވާ މުޖުތަމައުއެއް ބިނާކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ މީޑިއާތަކަށާއި ހިތްވަރާއެކު ޤައުމަށް ހިދުމަތް ކުރުމުގައި ދެމިތިބި ނޫސްވެރިންނަށް ޝުކުރުއަދާކުރައްވާ ފައެވެ.

ސީޕީ ހަމީދު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުން އަންނަ މި ދުވަހު މިނިވަން މީޑިއާގެ އަސާސްތައް ކުރިއެރުވުމަށް އެކުގައި ދެމި ތިބުމަށާއި ފުލުހުންނާއި މީޑިއާއާ އޮންނަ ގުޅުން މިހާރަށް ވުރެ ރަނގަޅުކުރުމަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ އަޒުމެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން