މިއަދު ބާއްވަން އުޅުނު ސައިކަލް ބުރު
މިއަދު ބާއްވަން އުޅުނު ސައިކަލް ބުރު
އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް ބާއްވަން އުޅުނު ސައިކަލް ބުރެއް ހުއްޓުވައިފިއެވެ.

ފުލުހުން ބުނީ އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް ހުޅުމާލޭގައި ބޭއްވުމަށް ތައްޔާރުވި ސައިކަލް ބުރެއް މިއަދު ހުއްޓުވާފައިވާ ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ބާއްވަން އުޅުނު ސައިކަލް ބުރަކީ ފަލަސްތީނު ރައްޔިތުންނާއެކު ދިވެހިން ތިބިކަން ހާމަކުރުމަށް ބާއްވަން އުޅުނު ސައިކަލް ބުރެކެވެ.

އެޗްޕީއޭއިން ވަނީ މާލޭ ސަރަޙައްދުގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމައި ކާފިއު އިޢުލާނު ކޮށްފައެވެ. ރާއްޖޭގައި ކޯވިޑް-19 ފެތުރޭ ނިސްބަތް އިތުރުވެ އިއްޔެވެސް 1500 އަށްވުރެ ގިނަމީހުން ބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ. ނަމަވެސް މިއަދަދަކީ ކުރީން ޓެސްޓް ނުކުރެވި ފުނިޖެހިފައި ހުރި ސާމްޕަލްތަކުގެ ބައެއް ހިމަނައިގެން އިއްޔެ އިރުއޮއްސުމާއި ހަމައަށް 24 ގަޑިއިރު ތެރޭގައި ބައްޔަށް ޕޮޒިޓިވް ކަމަށް ނަތީޖާ ނެރުނު އަދަދެވެ.

ކޮވިޑާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އިންތިޒާމް ކުރުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން މިހާރު މަސައްކަތް ފަށާފައިވާ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއެވެ. މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން ބޯނުލަނބާނަމަ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ސަރުކާރުން ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން