އެމްޓީީސީސީ ގާއިމުކުރި ފެސިލިޓީ
އެމްޓީީސީސީ ގާއިމުކުރި ފެސިލިޓީ
އެމްޓީސީސީން ގުޅީފަޅުގައި ގާއިމްކުރި ފެސިލިޓީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އާ ހަވާލު ކޮށްފިއެވެ.

އެމްޓީސީސީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ، އެންޑީއެމްއޭއާ ހަވާލުކޮށްފައި ވާ މި އެކޮމޮޑޭޝަން އަދި ސްޓޯރޭޖް ފެސިލިޓީއަކީ، 100،000 އަކަފޫޓުގެ ބިމެއްގައި ގާއިމްކުރި ފެސިލިޓީއެއް ކަމަށެވެ.

މި ފެސިލިޓީއަކީ ކޯވިޑް-19 ގެ ސަބަބުން އައިސޮލޭޓް ކުރަން ޖެހޭ ފަރާތްތައް އައިސޮލޭޓް ކުރުމުގެ ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން ގާއިމްކޮށްފައިވާ ތަނެއް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

އެ ކުންފުނިން ބުނީ، މި ފެސިލިޓީގެ އިތުރުން ވެސް ކޯވިޑް-19 ގެ ސަބަބުން އައިސޮލޭޓް ކުރަން ޖެހޭ ފަރާތްތައް އައިސޮލޭޓް ކުރުމުގެ ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން، އެ ކުންފުނީގެ މުވައްޒަފުންނާއި އެމްއެންޑީއެފާއި ގުޅިގެން 600 އަށްވުރެ ގިނަ މީހުން އައިސޮލޭޓް ކުރެވޭވަރުގެ ތަނެއް ގާއިމްކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އެ ކުންފުނިން ބުނީ، މިއީ 9 ދުވަހުގެ ތެރޭގައި ނިންމާފައިވާ ތަނެއް ކަމަށެވެ.

ރާއްޖޭގައި އުޅޭ ކޯވިޑް-19 ގެ ނުރައްކާ އޮތް ކަމަށް ބެލެވޭ ހުރިހާ ބިދޭސީން ކަރަންޓީނު ކުރުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ވަނީ ނިންމާފައެވެ. އަދި މި މީހުން ކަރަންޓީނު ކުރުމަށް ނިންމާފައިވަނީ ގުޅީފަޅުގައި ކަމަށް އެންއީއޯސީން ހާމަކޮށްފައިވާއިރު، ރޭގެ ވަގުތެއްގައި 113 މީހުން ވަނީ ގުޅީފަޅަށް ބަދަލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން