ހުޅުމާލޭގައި މިއަދު ބޭއްވި ސައިކަލްބުރު | ފޮޓޯ: ޓްވިޓަރ
ހުޅުމާލޭގައި މިއަދު ބޭއްވި ސައިކަލްބުރު | ފޮޓޯ: ޓްވިޓަރ
ދިވެހިން ތިބީ ފަލަސްތީނާއެކުކަން ހާމަކުރުމަށް ދިވެހި ޒުވާނުން ސައިކަލް ބުރެއް ބާއްވައިފިއެވެ.

މިއަދު މެންދުރުފަހު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ސައިކަލް ބުރުގައި ގިނަ ޢަދަދެއްގެ ޒުވާނުން ބައިވެރިވެފައި ވާއިރު، މި ސައިކަލް ބުރުގައިވަނީ އިސްރާއީލްގެ ޔަހޫދީން ފަތުރުވެރިންގެ ގޮތުގައި ގެނައުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ރާއްޖެއިން އިސްރާއީލް ބައިކޮޓް ކުރުމަށް ރެލީގައި ބައިވެރިވި ޒުވާނުން ވަނީ ގޮވާލާފައެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ޢުދުވާނީ ޙަމަލާތަކާ ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވެސް މިއަދު ވަނީ، ދިވެހި ރައްޔިތުން ފަލަސްތީނަށް ނަޞްރު ދިނުމުގެ ޝުޢޫރުތަކުން މީސް މީޑިއާ ފުރާލުމަށް ގޮވާލައްވާފައެވެ. އަދި އަލް އަޤްޞާ މިސްކިތަކީ އިސްލާމީ އުންމަތުގެ މަތިވެރި އެއް ރަމްޒު ކަން ހަނދާނުގައި ބެހެއްޓުމަށް ޑރ. ޝަހީމް ނަސޭޙަތްތެރިވެފައި ވެއެވެ.



އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ޓެރަރިސްޓް ޙަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 100 އެއްހާ މުސްލިމުން ޝަހީދުކޮށްލާފައިވާ ކަމަށް ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކޮށްފައިވެއެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ. އަދި ޣައްޒާއިން އިސްރާއީލަށް ދިން ހަމަލާތަކުގެ ސަބަބުން ޔަހޫދީންގެ ދެ މީހަކު މަރުވެފައިވެއެވެ.

ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން ހާމަކުރުމަށް މިއަދު ސައިކަލް ބުރެއް ބާއްވާފައި ވާއިރު، އިއްޔެ ބާއްވަން އުޅުނު ސައިކަލްބުރު އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފްކަމަށް ބުނެ ފުލުހުން ވަނީ ހުއްޓުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން