ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމުގައި މި ސަރުކާރުން ދެމި އޮންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ ޕްރެސް ފްރީޑަމް ޑޭ ނުވަތަ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައި ވަނީ އެންމެހާ ނޫސްވެރިންނަށް މަރުޙަބާ ވިދާޅުވެ ހިތްވަރު ދެއްވާފައެވެ. އަދި މި ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމުގައި ދެމިއޮންނާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.
"ނޫސެވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމުގައި މި ސަރުކާރުން އަބަދުވެސް އޮންނާނެ." ރައީސްގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ކޯވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި ހަގީގަތެއް ނެތް ވާހަކަތަކާއެކު މީހުންގެ ސިއްހީ ދުޅަހަޔޮކަމަށްވެސް އަސަރުކުރާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި އެއްވެސް ބިރެއްނެތި މަސައްކަތްކުރާ މިނިވަން މީޑިއާތައް ވަރަށް މުހިންމުކަން އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ.
ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ 2018 ވަނަ އަހަރު 120 ވަނައިގައި އޮތުމަށްފަހު މިއަހަރު ވަނީ 19 ދަރަޖައިގެ ކުރިއެރުމެއް ހޯދާފައެވެ. މިހާރު ރާއްޖެ އޮތީ އެ އިންޑެކްސްގެ 79 ވަނައިގައެވެ.

ކިޔުންތެރިންގެ ހިޔާލު