މާލޭ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދު
މާލޭ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދު
އެމްޑީޕީއަށް ހެޔޮއެދޭ އެހެން ބަޔަކު ތިބިނަމަ އެމްޑީޕީ މަގުމަތިވި ދުވަހު އެބަޔަކު ފެނުނީސް ކަމަށް އެމްޑީޕީގެ އެތެެރޭގެ އިންތިޚާބުގައި މާލޭ ދާއިރާގެ ރައީސް ކަމަށް ވާދަކުރަށްވާ ޝިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާގެ މަޢުލޫމާތު އެމްޑީޕީގެ އިސް ބައެއް ފަރާތްތަކަށް ލިބުނު ނަމަވެސް އެކަމަށް އެކަށީގެންވާ ފިޔަވަޅެއް އެޅިފައިނުވާތީ އެމްޑީޕީގެ ޢާއްމު މެންބަރުންދަނީ ސަރުކާރުގައި އިސްކޮށްތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކަށް ފާޑުކިޔަމުންނެވެ. ޚާއްސަކޮށް އެންމެ ގިނަ ބަޔަކު ފާޑު ކިޔަމުންދަނީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއަށެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ބައިބައި ވުންތަކާ ގުޅިގެން މާލޭ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދު މިއަދު ވިދާޅުވީ، އެމްޑީޕީ ތެރޭގައި ބައިބައިކޮށް ފޮތިކުރަން ކިތަންމެ ބަޔަކު ކިތަންމެ ފަހަރަކު ދިމާކޮށްފި ކަމަށެވެ. ނަމަވެސް ކޮންމެ ފަހަރަކު މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ނިމިދަނީ އަމިއްލައަށް މުޖުތަމައުން ބާކީ ވެގެން ކަމަށް ޝިފާ ވިދާޅުވިއެވެ.

"އެމްޑީޕީއަށް ހެޔޮ އެދޭ “މާ މޮޅު” އެހެން ބަޔަކު ތިބި ނަމަ މަގުމަތިވި ދުވަހު އެ ބަޔަކު ފެނުނީސް." ޝިފާ ވިދާޅުވެފައިވެއެވެ.



އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެއްދުމަށް ބަޔަކު މަސައްކަތް ކުރާކަމަށް ޝިފާ ތުހުމަތު ކުރަށްވާފައިވާއިރު، އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުން ދަނީ އެކި ފެކްޝަންތަކުގެ ނަމުގައި ކެމްޕޭން ކުރަމުންނެވެ. އެގޮތުން ރައީސް ނަޝީދުގެ ކެންޑިޑޭޓުންގެ ގޮތުގައި އެއްބަޔަކު ކެމްޕޭން ކުރަމުންދާއިރު އަނެއް ބަޔަކު ކެމްޕޭން ކުރަމުން ދަނީ ރައީސް ޞާލިޙްގެ ކެންޑިޑޭޓުންގެ ނަމުގައެވެ. އަދި އެމްޑީޕީގެ އިސް އެހެން ބޭބޭފުޅުންގެ ނަމުގައި ކެމްޕޭން ކުރަށްވާ ކެނޑިޑޭޓުންވެސް އެބަ އުޅުއްވައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު، އެ ޕާޓީގެ ރައީސް، ރައީސް މުޙަންމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއްދީ، އެމަނިކުފާނުގެ ޙާލުކޮޅު ސީރިއަސްވެ، އެމަނިކުފާނަށް ފަރުވާދެމުން ގެންދާ މިވަގުތުގައި އެޕާޓީގެ ދާއިރާތަކުގެ އިންތިޚާބު ބޭއްވުމުގެ މަސައްކަތާއިގެން ކުރިއަށް ގޮސް އިންތިހާބު ބޭއްވުން ރަނގަޅުކަމަށް ނުފެންނާތީވެ، އިންތިޚާބު ފަސްކުރަން އެޕާޓީން ވަނީ ނިންމާފައެވެ. އަދި އަލުން އިންތިހާބު ބާއްވާނެ ތާރީހް ފަހުން އިއުލާންކުރާނެކަމަށް ވެސް އެމްޑީޕީން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން