ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ވެބްސައިޓް ހެކްކޮށްފިއެވެ.

މިއަދު އެޗްޕީއޭގެ ވެބްސައިޓް ހެކްކޮށް ވީޑިއޯ އެއް ޢާއްމުކޮށްފައިވާއިރު މި ވެބްސައިޓަކީ މިހާރު ޢާއްމުކޮށް އަޕްޑޭޓް ކުރަމުން އަންނަ ވެބްސައިޓެއް ނޫނެވެ.

ވެބްސައިޓް ހެކްކޮށް އާންމުކޮށްފައިވާ ވީޑިއޯގައި ވަނީ ސަރުކާރުގެ ވެބްސައިޓުތައް ހެކްކޮށް، ސިއްރު މައުލޫމާތު އާންމު ކުރާނެ ކަމަށް ބުނެ އިންޒާރުދީފައެވެ. އަދި ރައީސް ޞާލިޙްގެ ސިޔާސަތު ބަދަލުނުކުރާހާ ހިނދަކު، މިކަން ނުހުއްޓާނެ ކަމަށް ވެސް ވީޑިއޯގައި ބުނެއެވެ.

އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް އަތްގަދަކޮށްފައި ކަމަށާއި، އިންޑިއާ ސަރުކާރުން ވަނީ ދިވެހި ސަރުކާރުގެ އިސްމަގާމުތަކުގައި ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވާފައިކަމަށްވެސް އެ ވީޑިއޯގައި ބުނެއެވެ.

އެނިމޭޓްކޮށް އިނގިރޭސިން އަޑުއަޅާފައިވާ މި ވިޑިއޯގައި ރާއްޖެ މިއޮތީ މިހާތަނަށް ހުށަހެޅުނު އެންމެބޮޑު ނުރައްކަލުގައި ކަމަށާއި، ނަމަވެސް އެއީ ހަމައެކަނި ކޮރޯނާ ވައިރަސްގެ ސަބަބުން އޮތް ނުރައްކަލެއް ނޫން ކަމަށާއި، ރައްޔިތުންނަށް ރަނގަޅު ގޮތް ނިންމުމުގެ މިނިވަންކަން މި ސަރުކާރަށް ނެތް ކަމަށް "އެނޮނިމަސް" ގެ ނަމުގައި އަޕްލޯޑް ކޮށްފައިވާ ވީޑިއޯގައި ވެއެވެ.

މިކަމާމެދު ރަސްމީ ފަރާތަކުން އަދި ބަހެއް ބުނެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


17

ޖޯކަރ

04-May-2020

ތިބާވަތުގެ ޝައިޠާނުންނަކީ އަބަދުވެސް އުޅޭނެ އެއްޗެއް. އިންސާނުން އުޅެންޖެހޭނީ ޤިޔާމަތާ ޖެހެންދެންވެސް ތިއެއްޗެހިންނާއެކު.



ޓްރެންޑިން