15 ދުވަހުގެ ހޯމް އައިސޮލޭޝަނަކަށް ފަހު ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އަލުން އިހުސާން ފިހާރައިގެ ޑެލިވަރީގެ މަސައްކަތަށް މިއަދު ނުކުމެވަޑައިގެންފިއެވެ.
މިނިސްޓަރ މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، 15 ދުވަހަށްފަހު އިހުސާން ފިހާރައިގެ މުވައްޒަފުންނާ އެކު ޑެލިވަރީގެ މަސައްކަތަށް ނުކުމެވަޑައިގެންފައިވާ ކަމަށެވެ.
"މިކަމުން ލިބުނު އެންމެ ބޮޑު ފިލާވަޅަކީ އެޗްޕީއޭ އިން ޑެލިވަރީ ކުރުމަށް ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން މަސައްކަތް ކުރުމުން ބަލިޖެހުމުގެ ފުރުސަތު ކުޑަވާކަން." މަހްލޫފް ކުރެއްވި ޓްވީޓުގައި ބުނެފައިވެއެވެ.
އިހްސާން ފިހާރައިގެ ދެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވްވި ކަން ސަރުކާރުން މިދިޔަ މަހުގެ 20 ވަނަ ދުވަހު ހާމަ ކުރި ހިސާބުން މިނިސްޓަރ މަހްލޫފް ވެސް އަމިއްލަ ގޭގައި 14 ދުވަސް އައިސޮލޭޓް ވުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
ވޮލެންޓިއަރެއްގެ ގޮތުން އިހުސާނު ފިހާރައިގެ ޑެލިވަރީގައި މިނިސްޓަރު މަހްލޫފް ބައިވެރިވަޑައިގަންނަވަން ފެއްޓެވީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން އިހްސާން ފިހާރަ ހިމެނޭގޮތަށް އެހެން ބައެއް ފިހާރަތަކުގެ ޑެލިވަރީގައި ވެސް މަހްލޫފާއި ޔޫތު މިނިސްޓްރީގެ ވޮލަންޓިއަރުންގެ ޓީމް ވަނީ ބައިވެރިވެފައެވެ.
މިނިސްޓަރު ގޭގައި މަޑުކުރެއްވި ނަމަވެސް ޔޫތު މިނިސްޓްރީން އެކުލަވާލި ވޮލަންޓިއަރުންގެ ޓީމުން ވަނީ ޑެލިވަރީގައި ޙަރަކާތްތެރިވެފައެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީގެ އެދުމުގެ މަތީން ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާ ކުރި ކަދުރު ފަގީރުން އުޅޭ ގޭގެއަށް ބެހުމުގެ މަސައްކަތް ވެސް އެ މިނިސްޓްރީގެ ވޮލަންޓިއަރުންގެ ޓީމުން ވަނީ ކޮށްފައެވެ.
ރާއްޖޭގައި މިހާތަނަށް 519 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އެކަކު ވަނީ މިބަލި ޖެހިގެން މަރުވެފަ އެވެ. އަދި 17 މީހަކު މިހާތަނަށް ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭގެ ޑޭޝްބޯޑުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު