ކޯވިޑް-19 ޖެހުނު ދުވަސްވީ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ވެންޓިލޭޓަރުގައި ފަރުވާދޭން ފަށާފައިވަނީ ކޯވިޑް-19 ގައި ރާއްޖެއިން ފުރަތަމަ ނިޔާވި 83 އަހަރުގެ އަންހެން މީހާގެ ފިރިމާހާއަށެވެ. އެނގިފައިވާ ގޮތުގައި މިއީ ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން ވެންޓިލޭޓަރުގައި ފަރުވާދޭން ޖެހުނު ފުރަތަމަ މީހާއެވެ. މީގެކުރިން ޑީއެޗް11 ގައި އޮކްސިޖަން ދީގެން ބައެއް މީހުންނަށް ވަނީ ފަރުވާ ދީފައެވެ.
ކޯވިޑް-19 ގެ ހާލުބޮޑު ބަލިމީހުންނަށް ފަރުވާދޭ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި މިވަގުތު ފަރުވާ ދެމުންދަނީ ފަސް މީހަކަށެވެ. އޭގެ ތެރެއިން ދެމީހުންނަކީ 80 އަހަރުން މަތީގެ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު