މިޒަމާނުގައި އިސްލާމިކް ސެންޓަރތައް ފަރުމާކުރެވެންވީ ޒުވާނުންގެ ޝައުޤު އެތަންތަނަށް އޮންނަ ތަނެއްގެ ގޮތުގައި ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިމޭރުމުން ވިދާޅުވެފައިވަނީ، ރާއްޖޭގެ އެންމެ ބޮޑު އެއް ޕާކު ކަމަށްވާ ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަދާ އިސްލާމީ މަރުކަޒު ފަރުމާކުރުމުގެ މުބާރާތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލުމާ ގުޅިގެންނެވެ. ޑރ. ޝަހީމް ވިދާޅުވީ، އިސްލާމީ މަރުކަޒުތައް ފަރުމާކުރަން ވާނީ ހަމަ އެކަނި ދީނީ މަރުކަޒުގެ ގޮތުގައި ނޫން ކަމަށާއި ޒުވާނުން އެފަދަ ތަންތަނަށް ޝައުޤުވެރިވާނީ ދީނާއި ދުނިޔެ އެއްކޮށް ޙަރަކާތްތައް ހިންގޭ ގޮތަށް އެފަދަ ތަންތަން ފަރުމާ ކުރުމުން ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން އެޗްޑީސީން ކުރިއަށް ގެންދާ ސެންޓްރަލް ޕާކުގައި އިސްލާމީ މަރުކަޒެއް ބިނާ ކުރުމުގެ މުބާރާތުގެ ދަށުން ފަރުމާ ކުރެވޭ ފަރުމާ ކުރުންތަކުގައި ރާއްޖޭގެ ސަގާފީ ފަންނުވެރިކަން ފެންނަން ހުންނަން ވާނެ ކަމަށް އެޗްޑީސީން ބުނެއެވެ. ސެންޓްރަލް ޕާކުގެ އިސްލާމީ މަރުކަޒު އެކުލެވެނީ މައިގަނޑު ދެ އިމާރާތެއްގެ މައްޗަށެވެ. އެއީ 2500 މީހުންގެ ޖާގައިގެ މިސްކިތަކާއި ދީނީ ކުތުބުޚާނާއެކެވެ.
ޑރ. ޝަހީމް ވިދާޅުވީ، އިސްލާމީ މަރުކަޒުތައް ބިނާކުރަންވާނީ ނަމާދުކުރާތަނާއި ކުލާސްރޫމްތަކުގެ އިތުރުން ކުޅިވަރުކުޅޭ ތަންތަނާއި ޖިމާއި، ދުނިޔޭގެ ޚަބަރާއި މަޢުލޫމާތު ހިލޭ ބަލައިލެވޭނެ ގޮތާއި، ޘަޤާފަތާއި އަޚުލާޤު އުނގަންނައިދެވޭނެ ގޮތަށް ކަމަށެވެ. މީގެ އިތުރުން ދީނީ ޚިޔާލު ތަފާތުވުން ކުޑަކުރަން ސުވާލަށް ޖަވާބު ދެވޭނެ ރަސްމީ ހޮޓް ލައިންއަކާއެކު ހުންނަ ޒަމާނީ ލައިބްރަރީއެއް ހުންނަންވާނެ ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.
"ކުޑަކުދީންނާއި ޓޫރިސްޓުންނާއި ވިޒިޓަރުންނަށް ރަސޫލާގެ ޝަޚުޞިއްޔަތުގެ ސަމާޙަތްތެރިކަން އުނގަންނައި ދިނުމަށް، (ދިވެހިން ފަންނުވެރިން ކުރަހާފައި) މައްކާ މަދީނާގެ ތާރީޚީ ކުރެހުންތަކާއި އެކު، އެކަލޭގެފާނުގެ ސިޔަރަތުގެ މުހިންމު ޞަފްޙާތައް އެކި ބަސްބަހުން ލިޔެވި ފާރުގައި ފެންނަން ހުންނަ ގޮތައް ޚާއްޞަ ކުރެވިފައިވާ ރޫމެެއް ހުރުން ވެސް މުހިންމު." ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޢިމާރާތްކުރާ އިސްލާމީ މަރުކަޒުގައި ޤާއިމުކުރާ އިސްލާމީ ކުތުބުޚާނާއަކީ, ދީނީ ތައުލީމާއި ދިރާސާތައް ކުރެވޭނެހެން ފަރުމާކުރާ ކުތުބުޚާނާއެއް ކަމަށެވެ. އެގޮތުން އެތަނުގައި އިލްމީ މަޝްވަރާތައް ކުރެވޭނެ މާލަންތައް ހުންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ. މި މުބާރާތުން އެއްވަނައަށް ހޮވޭ ޓީމަކަށް 300،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު