ތުލުސްދޫ
ތުލުސްދޫ
ކ. ތުލުސްދޫން އިތުރު ބިދޭސީއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން ދިޔަ ތުލުސްދޫގައި ކޮންޓްރެކްޓު މަސައްކަތެއް ކުރަމުންދާ ކުންފުންޏެއްގެ ދެ މުވައްޒަފަކުވެސް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެ ދެ މީހުން ބައްޔަށް ޕޮޒިޓިވްވީ އޭޕްރީލް 21 ވަނަ ދުވަހު އެވެ.

އެ ދެމީހުންނަށް ބަލި ޖެހިފައިވާކަން އެނގުމާއެކު ކަމާ ބެހޭ ފަރާތްތަކުން ވަނީ ތުލުސްދޫގައި ކޮންޓެކްޓް ޓްރޭސިން ހަދައި 40 އަށް ވުރެ ގިނަ މީހުންގެ ސާމްޕަލް ނަގައިފައެވެ. އޭގެ ތެރެއިން ދެ މީހެއްގެ ނަތީޖާ ޕޮޒިޓިވްކަން އެނގުނީ އޭޕްރީލް 27 ވަނަ ދުވަހުއެވެ.

ތުލުސްދޫއިން މިއަދު ބައްޔަށް ޕޮޒިޓިވްވި މީހާއާއެކު، މިއަދު ރާއްޖެއިން އަށް މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި މުޅި ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 527 އަށް އަރައިފައެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 17 މީހަކު މުޅިން ރަނގަޅުވެފައި ވާއިރު، އެކަކު ވަނީ ބަލީގައި ނިޔާވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން