ހެލްތް މިނިސްޓަރ އަމީން އާއި އެކު، ސަރުކާރުގެ އިސްވެރިންނާއި ސިއްހީ ދާއިރާގެ ޓީމެއް ށ. ނަރުދޫއަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
މިއަދު ހަވީރުގެ ވަގުތެއްގައި ނަރުދޫއަށް ދިޔަ ޓީމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ލީޑަރ ޑރ. އަލީ ލަތީފާއި އެލްޖީއޭގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
މި ޓީމުގެ ބޭފުޅުން ވަނީ އެ ރަށުގެ ވެރިންނާ، ސިއްހީ ދާއިރާގެ ފަރާތްތަކާ ބައްދަލު ކުރައްވައިފައެވެ. ރަށުގެ ހާލަތު ބެއްލެވުމަށް ކުރެއްވި އެ ދަތުރާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެއެވެ.
ށ. ނަރުދޫން މިހާތަނަށް 11 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެ ރަށުގެ އިތުރުން ހއ. ތަކަންދޫއާއި، ހއ އުލިގަމާއި، ށ. މިލަންދޫއާއި، ކ. ތުލުސްދޫއިންވެސް ޕޮޒިޓިވް މީހުން ފެނިފައިވެއެވެ.
އުތުރުގެ އަތޮޅުތަކުން ޕޮޒިޓިވް ކޭސްތައް ފެންނަމުންދާއިރު، ސަރުކާރުން ބުނެފައި ވަނީ އުތުރުގައި ގާއިމްކޮށްފައިވާ ކަރަންޓީނު އަދި އައިސޮލޭޝަން ފެސިލިޓީތައް މިހާރު ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.
އެގޮތުން ށ.ނަރުދޫއިން ޕޮޒިޓިވްވި މީހުން ވަނީ ހއ.ދޮނަކުޅި ރިސޯޓަށް ބަދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު