ދިވެހިރާއްޖެއާ އިޒްރާއިލާ ދެމެދު އޮތް ހުރިހާ ގުޅުމެއް ހުއްޓާލެވިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ފަލަސްތީނުގެ މައްސަލާގައި ދިވެހިރާއްޖެއިން އަމަލުކުރާ ގޮތް ވަރަށް ސާފު ކަމަށެވެ. އެއީ ފަލަސްތީނު ރައްޔިތުންގެ ބިމަކީ އެމީހުންގެ ހައްގެއް ކަމަށާއި އެ ހައްގު ފަލަސްތީނު ރައްޔިތުންނަށް ކަށަވަރުވާން ޖެހޭ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެެވެ. އަދި ފަލަސްތީނު ރައްޔިތުން ތަހައްމަލް ކުރަމުންދާ ބޭއިންސާފާއި ރާއްޖެއިން އަބަދުވެސް ދެކޮޅު ހަދައި އެގައުމުގެ ރައްޔިތުންނާއެކު ދިވެހިން ތިބި ކަމަށް މަބްރޫކް ވިދާޅުވިއެެވެ.
މީގެ އިތުރުން އިޒްރާއިލާއި ރާއްޖެއާ ދެމެދު އޮތް ހުރިހާ ގުޅުމެއް ހުއްޓާލާފައިވާ ކަމަށާއި އޭގެ ތެރޭގައި ރާއްޖެއަށް އެއްވެސް ވަރަކަށް އިޒްރާއިލްގެ މުދާ އެތެރެ ނުކުރެވޭނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން ހާމަކުރުމަށް މިއަދު ކުރިޔަށް ގެންދާ ހަރަކާތުގައި ބައިވެރިވެވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ދުނިޔެއަށް މެސެޖެއް ދެއްވާފައެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި އެތައް ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ. އަދި އެގައުމުގެ 1500 އަށްވުރެ ގިނަ ރައްޔިތުންނަށް އަނިޔާވެ ހޮސްޕިޓަލްތަކުގައި އަންނަަނީ ފަރުވާ ދެމުންނެވެ. މެދުކެނޑުމެއްނެތި އިޒްރޭލުން އަންނަނީ ވައިގެ މަގުންނާއި އެއްގަމުން ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް އެގައުމުގެ 212 މީހަކު ޝަހީދުކޮށްލާފައިވާއިރު އޭގެތެރޭގައި 61 ކުޑަކުދިން ހިމެނެއެވެ.

The stance of Maldives is clear; we stand against injustice and in solidarity with the Palestinian people’s struggle to secure their inalienable right to statehood.
— Mabrook Azeez (@MvSpokesperson) May 18, 2021
All relations between Maldives and Israel remain suspended, including the ban on Israeli products.#FreePalestine https://t.co/i6uz2xd8gM
މީގެ އިތުރުން އިޒްރާއިލާއި ރާއްޖެއާ ދެމެދު އޮތް ހުރިހާ ގުޅުމެއް ހުއްޓާލާފައިވާ ކަމަށާއި އޭގެ ތެރޭގައި ރާއްޖެއަށް އެއްވެސް ވަރަކަށް އިޒްރާއިލްގެ މުދާ އެތެރެ ނުކުރެވޭނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން ހާމަކުރުމަށް މިއަދު ކުރިޔަށް ގެންދާ ހަރަކާތުގައި ބައިވެރިވެވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ދުނިޔެއަށް މެސެޖެއް ދެއްވާފައެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި އެތައް ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ. އަދި އެގައުމުގެ 1500 އަށްވުރެ ގިނަ ރައްޔިތުންނަށް އަނިޔާވެ ހޮސްޕިޓަލްތަކުގައި އަންނަަނީ ފަރުވާ ދެމުންނެވެ. މެދުކެނޑުމެއްނެތި އިޒްރޭލުން އަންނަނީ ވައިގެ މަގުންނާއި އެއްގަމުން ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް އެގައުމުގެ 212 މީހަކު ޝަހީދުކޮށްލާފައިވާއިރު އޭގެތެރޭގައި 61 ކުޑަކުދިން ހިމެނެއެވެ.

ALG
UZB
GHA
ކިޔުންތެރިންގެ ހިޔާލު