ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރަށް ދެ އަހަރުވީއިރު ދައްކަނީ ހުސްވާހަކަ ތަކެއް ކަމަށާއި ނެރެވުނު ނަތީޖާ އެއް ނެތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ވިދާޅުވެެއްޖެއެވެ.
ރައީސް ސާލިޙް މިހެން ވިދާޅުވީ ތ. ހިރިލަންދޫ ކައުންސިލުން ތަރައްގީކުރި ރިހިވެލި ބީޗު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކުރީގެ ރައީސް ސާލިޙް ވަނީ މިހާރު އޮތް ސަރުކާރަށް ދިވެހިރާއްޖެ ތަރައްޤީކުރުމުގައި އެއްވެސް ނަތީޖާއެއް ނެރެވިފައިނުވާ ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ.
ރައީސް ސާލިޙް ވިދާޅުވީ، މި ސަރުކާރުން ފެންނަނީ ބާރުތައް މުށުތެރެއަށް ލައި، ހަމައެކަނި ކަންކުރާ މީހަކީ ރައީސް ކަމުގައި ދެކިގެން މަސައްކަތްކުރާތަން ކަމަށެވެ.
"މިއީކީއެއް ދިވެހިރާއްޖެ ތަރައްގީކުރެވޭނެ ގޮތެއްނޫން،" ރައީސް ސާލިޙް ވިދާޅުވިއެވެ.
2023 ވަނަ އަހަރު ރައްޔިތުން އިންތިހާބުކުރިފަހުން މިހާރު މިވަނީ ދެ އަހަރުވެފައިކަން ފާހަގަކުރައްވައި ރައީސް ސާލިޙް ވިދާޅުވީ، މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އެކަށީގެންވާ އެއްވެސް ތަރައްގީގެ ކަމެއް ކުރެވިފައިނެތް ކަމަށެވެ.
"ހަމަ ދައްކަމުން ދިޔައީ ހަމަ ވާހަކަތަކެއް. ނަތީޖާއެއް އަޅުގަނޑުމެންނަކަށް ނުފެނޭ،" ރައީސް ސާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން ކުރިއަށް އޮތީ ލޯކަލް ކައުންސިލް އިންތިހާބު ކަމަށާއި، ރައްޔިތުންނަށް ހިދުމަތްކޮށްދޭނެ، ރައްޔިތުންނާ އެކީގަ މަސައްކަތްކުރާނެ ބަޔަކު އިންތިހާބުކުރުމަށް މިހާރު އަނެއްކާވެސް ފުރުސަތު ލިބިފައިވާ ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ. މި ވޭތުވެ ދިޔަ ދެ އަހަރުގެ ނަތީޖާ ބަލައި މި ސަރުކާރުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މާގިނަ މަސައްކަތްތަކެއް ކުރެވޭނެކަމަކަށް ގަބޫލުފުޅުނުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ސަރުކާރުން އަނެއްކާވެސް ތަކުރާރުކޮށް އެއް ވައުދުތަކެއް ވާކަމަށާއި، މިދިޔަ މަހު ކުއްލިއަކަށް ބޮޑު ބަދަލެއް ގެނެސް ތަރައްޤީގެ ވަރަށް ގިނަ މަޝްރޫއުތަކެއް ހިންގާނެކަމަށް ވިދާޅުވެ އެގްރީމެންޓްތަކެއް ހެދިކަން ރައީސް ސާލިޙް ފާހަގަކުރެއްވިއެވެ. މާލިއްޔަތު ޤާނޫނަށް، އަދި އެ ޤާނޫނުގެ ދަށުގައި ހުރި ޤަވާއިދުތަކަށް ކެބިނެޓުން ބަދަލު ގެނެސް، ބޭނުން މީހަކަށް ބޭނުން ފަރާތަކަށް އެދިގެން ޕްރޮޖެކްޓް ބަހާލި ނަމަވެސް، އެއިން ގިނަ ކަމެއް ފެށިފައި ނެތްކަން ރައީސް ސާލިޙް ފާހަގަކުރެެއްވިއެވެ.
"ފެންނަ ޙަޤީގަތަކީ މިހެންދާ ހިސާބުން އައިއިރުވެސް އެއިން އެއްވެސް ކަމެއް، މަދުކަމެއް ނޫނިއްޔާ ފެށިފައެއް ނެތްކަން،" ރައީސް ސާލިޙް ވިދާޅުވިއެވެ.
ރައީސް ސާލިޙް އިތުރަށް ވިދާޅުވީ، ބަހާލި ޕްރޮޖެކްޓްތަކުން ގާތްގަނޑަކަށް އަށްޑިހަ ޕަސެންޓުގެ މަސައްކަތެއްވެސް ނުކުރެވޭނެކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް އިންތިޚާބުގައި މި ހުރިހާކަމަކަށް ވިސްނާވަޑައިގެން ގޮތްތައް ނިންމެވުމަކީ ބޭނުންތެރިކަމެއް ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު