ސިފައިން ޑެލިވަރީގެ މަސައްކަތުގައި- ކޯވިޑް-19 ގެ އެކި މަސައްކަތް ތަކުގައި ސިފައިން ދަނީ އެންމެ ކުރީސަފުގައި ހަރަކާތްތެރިވަމުން
ސިފައިން ޑެލިވަރީގެ މަސައްކަތުގައި- ކޯވިޑް-19 ގެ އެކި މަސައްކަތް ތަކުގައި ސިފައިން ދަނީ އެންމެ ކުރީސަފުގައި ހަރަކާތްތެރިވަމުން
އެންމެ ފުރަތަމަ ކޯވިޑް-19 ޖެހުނު ސިފައިންގެ މީހާ ރަނގަޅުވެގެން އަނބުރާ ގައުމީ ޚިދުމަތަށް ނުކުމެއްޖެއެވެ.

ޗީޕް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ، ސިފައިންގެ ތެރެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވި ވޮރަންޓް އޮފިސަރ އެކެއް މުއައްމަރު މުޙައްމަދު މުޅިން ރަނގަޅުވެ ޤައުމީ ޚިދުމަތަށް އަލުން ނުކުމެފައިވާ ކަމަށެވެ.

މުޢައްމަރު އިނގިރޭސިވިލާތުން މިމަހުގެ 22 ވަނަ ދުވަހު ރާއްޖެ އައިސް ފުރަތަމަ ހުރީ ހޮލިޑޭ އައިލެންޑް ކަރަންޓީން ފެސިލިޓީގައެވެ. އޭނާގެ ޝައްކުވާ އަލާމާތްތަކެއް ފެނިގެން ޓެސްޓުކުރުމުން ނަތީޖާ ލިބިފައިވަނީ މާޗް 27 ވަނަ ދުވަހުއެވެ.

އޭނާ ބަލިން ރަނގަޅުވެފައިވާކަން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ހާމަކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.

ކޮވިޑް ބަލިން ރަނގަޅުވުމުން ހަމްދުކޮށް މުއައްމަރު މިއަދު ކުރި ޓުވީޓެއްގައި ބުނީ، ބަލިން ރަނގަޅުވެ ގައުމަށް ހިދުމަތް ކުރަން ފެށުމަކީ ލިބޭ ފަހުރެއް ކަމަށެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްގެ އިތުރުން ސިފައިންގެ ލީޑާޝިޕުން ދެއްކެވި ލީޑާޝިޕާއި ދެއްވި ހިތްވަރަށް ޝުކުރު އަދާކޮށްފައިވެއެވެ.

އޭގެ އިތުރުން ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި އޭނާއަށް ފަރުވާދީ އަޅައިލި ޑޮކްޓަރުންނާއި ނަރުހުންގެ ޓީމަށާއި މި ދަނޑިވަޅުގައި ވެސް އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން އިސް ސަފުގައި މަސައްކަތް ކުރަމުން އަންނަ މަސައްކަތްތެރިންނަށް ވެސް އޭނާގެ ޓުވީޓުގައި ވަނީ ޝުކުރު އަދާކޮށްފައެވެ.

މިހާތަނަށް ސިފައިންގެ 20 އޮފިސަރަކު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި ގިނަ އަދަދެއްގެ ސިފައިން އެކަހެރިކޮށްފައި ވެސް އެބަތިއްބެވެ.

ސިފައިންނާއި ފުލުހުންގެ އިތުރުން ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުން ހިމެނޭ ގޮތުން 600 އަށްވުރެ ގިނަ މީހުން ގެއަށް ނުދެވޭގޮތަށް ވަނީ އެކަހެރިކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު


-10

ދިވެހިކުއްޖާ

04-May-2020

އަބަދުވެސް ދިވެހި ސިފައިންނަކީ ނަމޫނާދައްކާބައެއް



ޓްރެންޑިން