އެޗްޕީއޭގެ ފަރާތުން މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
އެޗްޕީއޭގެ ފަރާތުން މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ކޯވިޑް-19 އަށް ޕޮޒިޓިވްވެ އައިސީޔޫގައި ފަރުވާދެމުން ދިޔަ އުމުރުން ދުވަސްވީ މީހާ ވެންޓިލޭޓަރަށްލީ ޙާލު ސީރިއަސްވެ، ނޭވާލާން އުނދަގޫވުމުގެ ސަބަބުން ކަމުގައި ޑރ. މުހަންމަދު ޢަލީ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުޙައްމަދު ޢަލީ ވިދާޅުވީ، ވެންޓިލޭޓަރުގައި ފަރުވާދެމުން ގެންދަނީ 88 އަހަރުގެ ފިރިހެނަކަށް ކަމަށާއި، އެމީހާގެ ނޭވާ ހޮޅި ކައިރީގައި ފެން ހެދުމުގެ ސަބަބުން ހަށިގަނޑުގެ ތެރޭގައި އޮކްސިޖަން މަދުވެފައިވާ ކަމަށެވެ.

އެހެންކަމުން މިއަދު މެންދުރެއް ހާއިރު އެމީހާ ވަނީ ވެންޓިލޭޓަަށް ލާފައިކަމަށާއި، ހަށިގަނޑުގެ ލޭގެ ޕްރެޝަރު ދަށްވާތީ އޭނާއަށް ބޭސް ދެމުން ގެންދާ ކަމަށްވެސް ޑޮކްޓަރ ވިދާޅުވިއެވެ. އަދި ވެންޓިލޭޓަރަށް ލީއިރަށް ވުރެ ވަކި ހާލަތު ދަށްކަން ފާހަގަ ނުކުރެވޭ ކަމަށްވެސް ޑޮކްޓަރ ވަނީ ވިދާޅުވެފައެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައި ހަ މީހަކު މިވަގުތު އެބަ ތިބި ކަމަށް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ. އޭގެ ތެރެއިން އެކަކު އިއްޔެ ވަނީ ޑީއެޗް 11 އިން ޑީއެޗް 16 އަށް ބަދަލުކޮށްފައި ކަމަށާއި، ހޮސްޕިޓަލުގައި އޮތް 80 އަހަރުގެ މީހާއަށް ފަރުވާދެނީ އޮކްސިޖަންގައި ކަމަށް ޑރ. ވިދާޅުވިއެވެ. މީގެއިތުރުން 46 އަހަރުގެ މީހަކަށް އޮކްސިޖަންގައި ފަރުވާދެމުންދާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 527 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރެއިން 50 ޕަސެންޓަކީ ބަންގްލަދޭޝް މީހުންނެވެ. އަދި ދިވެހީން ހިއްސާކުރަނީ 35 ޕަސެންޓެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން