މުހައްމަދު މަލީހު ޖަމާލް
މުހައްމަދު މަލީހު ޖަމާލް
ހެލްތު ޕްރޮޓަކްޝަން އެޖެންސީ، އެޗްޕީއޭގެ ވެބްސައިޓް ހެކް ކުރުމަކީ ނާތަހުޒީބު ފިނޑި އަމަލެއް ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަލީހް ކުރެއްވި ޓުވީީޓެއްގައި ވިދާޅުވީ މި ނާޒުކު ދަނޑިވަޅުގައި އެޗްޕީއޭގެ ވެބްސައިޓް ހެކް ކުރުމަކީ ނާތަހުޒީބު ފިނޑި އަމަލެއްކަމަށާއި، އެ ޢަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. މަލީހް ވިދާޅުވީ އެމައްސަލަ ތަހުގީގީ އިދާރާތަކާއި ގުޅިގެން ތަހުގީގު ކުރާނެ ކަމަށާއި އެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށެވެ.

އެޗްޕީއޭގެ ވެބްސައިޓް ހެކްކޮށް، އެ ވެބްސައިޓްގައި މިއަދުވަނީ ވީޑިއޯއެއް އާންމުކޮށްފައެވެ. އެ ވީޑިއޯގައި ވަނީ ސަރުކާރުގެ ވެބްސައިޓުތައް ހެކްކޮށް، ސިއްރު މައުލޫމާތު އާންމުކުރާނެ ކަމުގެ އިންޒާރުދީފައެވެ. އަދި ސަރުކާރުގެ ޕްލޭންތައް ބަދަލު ނުކުރާހާ ހިނދަކު، މިކަން ނުހުއްޓާނެ ކަމަށް ވެސް ވީޑިއޯގައި ބުނެއެވެ.

މިމައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ.

މުޅި ސަރުކާރުގެ މިފަދަ މުވާސާލާތީ ވިއުގަތަކުގެ ބަލަދުވެރި ފަރާތަކީ މަލީހުގެ ވުޒާރާއެވެ. އެ ވިއުގައަށް ބޭރުން ބަޔަކަށް އަތް ނުލެވޭގޮތް ހެދުމަށް ސަލާމަތީ ކަންކަން ވަރުގަދަކޮށް ބެލެހެއްޓުމަކީ ގާނޫނީ ގޮތުން މަލީހުގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން