މަބްރޫޫޫޫޫކް އަޒީޒް
މަބްރޫޫޫޫޫކް އަޒީޒް
މާލޭގައި ތާށިވެފައި ތިބި މީހުން ރަށްރަށަށް ގެންދިއުމާމެދު ރަށު ކައުންސިލުތަކުގެ ހިޔާލު ހޯދަމުންދާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ، ރަށްރަށުން މާލެ އައިސް މާލޭގައި ތާށިވެފައި ތިބި މީހުން އެނބުރި ރަށަށް ދިއުމާމެދު އުސޫލެއް އެކުލަވާލަމުންދާކަމަށެވެ.

އެގޮތުން އެ އުސޫލު އާންމުކުރުން ލަސްވަނީ އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުންކަން ފާހަގަކުރައްވައި މަބްރޫކު ވިދާޅުވީ، އުސޫލު އެކުލަވާލުމުގެ ކުރިން ރަށު ކައުންސިލްތަކާއި މަޝްވަރާކޮށް ކައުންސިލުތަކުން އެކަމުގައި އަމަލުކުރަން ބޭނުންވާ ގޮތުގެ ޚިޔާލު ހޯދަމުންދާ ކަމަށެވެ. އަދި އިތުރު މަޝްވަރާތަކަކަށްފަހު ވަރަށް އަވަހަށް އުސޫލު އެކުލަވާލެވޭނެކަމަށް މަބްރޫކު ވިދާޅުވިއެވެ.

ކޯވިޑް-19 އާ ގުޅިގެން އޭޕްރީލް 15ގައި މާލެސިޓީ ލޮކްޑައުން ކުރިއިރު ބޭސްފަރުވާއަށާއި، އަދިވެސް އެހެނިހެން ބޭނުންތަކަށް މާލެއަށް އައިސް ތިބި ގިނަބަޔަކު ވަނީ ރަށަށް ނުދެވި ތާށިވެފައެވެ. އެކަމުގެ ސަބަބުން ގިނަ ބަޔަކު ޙާލުގައި ޖެހެމުންދާކަމުގެ ޝަކުވާތައް ވަނީ ވަރަށް ބޮޑުވެފައެވެ. އަދި ބައެއް މީހުން ޙާލުގައި ޖެހުމާއި ގުޅިގެން ޖެންޑަރ މިނިސްޓްރީން ވަނީ އެމީހުންނަށް ވަގުތީ ހިޔާވަހިކަންވެސް ފޯރުކޮށްދީފައެވެ.

އޭގެ އިތުރުން، ބައެއް ރަށްރަށުގެ ކައުންސިލުތަކުން މާލޭގައި ތާށިވެފައި ތިބި މީހުން ރަށަށް އެރުވުމަށް ދެކޮޅުހަދަމުންދާ މައްސަލަތަކެއްވެސް ފާއިތުވި ދުވަސްތަކުގައި ފެންމަތިވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން