މޭޔަރު މުޢިއްޒު (ކ) އާއި، ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް (ވ)
މޭޔަރު މުޢިއްޒު (ކ) އާއި، ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް (ވ)
މާލޭ ސިޓީގެ ދަފްތަރުގައި އިތުރަށް މީހުން ޖެއްސުން މިވަގުތަށް މަޑުޖައްސާލުމަށް މާލޭ ސިޓީ ކައުންސިލުން ނިންމެވުމާ ގުޅިގެން އެކަމަށް ހަޖޫ ޖައްސަވާފަދަ މޭރުމަކުން މި ސަރުކާރުގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް ވާހަކަފުޅު ދައްކަވައިފިއެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭ ދަފްތަރުގައި ޖެހިފައި ތިބި 17000 ރައްޔިތުންނަށް، ގެދޮރުގެ މައްސަލަ ހައްލުކުރާނެ ގޮތުގެ މަގުޗާޓެއް ކަނޑައެޅެންދެން، އަދި ދަފްތަރުގައި ޖެއްސުމަށް ހަރުދަނާ އުސޫލުތަކެއް ކަނޑައެޅެންދެން ދަފްތަރުގައި ޖެއްސުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ޑރ. މައުސޫމް އިއްޔެ ވިދާޅުވީ، އެހެން ދިވެހި ރައްޔިތުންނަށް ނުޖެހެއްސޭ ދަފުތަރެއްގައި ޖެހިގެން އޭނާ ހުންނަވަން ބޭނުން ނުވާކަމަށާއި، ހއ. ކެލާ ނުވަތަ ދަފުތަރު ކޮށްދޭ އެހެން ރަށެއް ނުވަތަ ސިޓީއެއްގެ ދަފްތަރުގައި ޖެހެން އޭނާ ނިންމަވައިފި ކަމަށެވެ.

"މާލޭ ދަފުތަރަށް ސަލާމް." ޑރ. މައުސޫމް ވިދާޅުވިއެވެ.



މޭޔަރު މުއިއްޒު މިދިޔަ އަންގާރަ ދުވަހުގެރޭ ވިދާޅުވީ، ގާނޫނަށް ގެންނަން ޖެހޭ ބަދަލެއް ގެނެވެންދެން ދަފްތަރުގައި އިތުރަށް މީހުން ނުޖައްސާ ގޮތަށް ނިންމަވާފައިވާ ކަމަށެވެ. ޑރ. މުއިއްޒު މިގޮތަށް ވިދާޅުވިއިރު މުއިއްޒުގެ ހައުސިންގ މިނިސްޓަރ ކަމުގައި އެދުވަހުން އެދުވަހަށް މާލޭ ދަފްތަރުގައި ރަޖިސްޓްރީ ވެގެން "ހިޔާ" މަޝްރޫޢުގެ ފްލެޓްތަކަށް ކުރިމަތި ލުމަށް ފުރުސަތު ވަނީ ދެއްވާފައެވެ. އެހެންކަމުން މިކަމަށް ބައެއް މީހުން އަންނަނީ ފާޑުކިޔަމުންނެވެ.

ޑރ. މައުސޫމްގެ މި ވާހަކައަށް ފާޑުވިދާޅުވި ބައެއް ފަރާތްތަކުން ބުނެފައިވަނީ ރަށްރަށުް މާލެއައިސް ވަޒަންވެރިވެގެން އުޅޭ މީހުން ޖައްސާނެ ވަކި ދަފުތަރެއް މާލޭގައި އޮތުމަކީ ވަރަށްބޮޑު ތަފާތު ކުރުމެއް ކަމަށެވެ.

މާލޭ ދަފްތަރުގައި މީހުން ރަޖިސްޓްރީކޮށްދޭން ފެށީ 1987 ވަނަ އަހަރު އެވެ. އަދި މާލޭގައި އުޅޭތާ ފަސް އަހަރު ވެގެން މާލޭގެ ރަށްވެއްސަކަށް ވާން އެދޭ ރަށްރަށު މީހުންނަށް ދަފްތަރުން ފުރުސަތު ދޭން ފެށީ 1994 ވަނަ އަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ހަވަރު އަޑު

24-May-2021

ޑރ. މައުސޫމް ތިވިދާޅުވީ މާކަހަމަޖެހޭ ވާހަކައެއް ނޫން.


3

ކިނބޫ

24-May-2021

އަތޮޅުއޮފީހަށް ކިރި މަސްދޯނީގަ ޖެހެންވީނު. މި ދެން ކާކު މުއިއްޒަށް ފުރައްސާރަ ކުރަން. މަހީކުރީ މީ ކޮންމެސް ވަރެއްގެ އަޚްލާގެއް ހުންނަ މީހެއް ކަމަށް. އެކަމަކު އެމްޑީޕީ މީހެކޭ މީނައެކޭ ތަފާތެއް ނުފެނުނު.


10

ދަތުރު

24-May-2021

ކޮންމެ ކަމެއްގައި އެކަމެއް ކުރާއިރު އުސޫލާއި ހަމަތަކެއް އޮންނަށް ޖެހޭނެއެވެ. ބާރު ލިބުނީމާ ތިމާ ބޭނުންހާ ގޮތަކަށް ކަންތަށް ކުރާނަމަ ދެއުޅި ހަމަނުޖެހޭ ގޮތްތަކަށް ކަންކަން ކުރެވޭނެއެވެ. މުއިޒް މިނިސްޓަރު ކަމުގައި ހަމަފޯމްލީ ދަފްތަރުގައި ރަޖިސްޓްރީ ކޮއްލީ, ހަމަފެނުނީ ރަޖިސްޓްރީ ނުވެވޭގޮތަށް ހަދާލީއެވެ. ޕާކިން ސުލޮޓްތަށް ވަކިބަޔަކުވަނީ ކުލި ދައްކާ ގޮތަށް ނަގާފައެވެ.ހަމަހިތަށްއެރީ އަގު ކުޑަކޮއްލީއެވެ. މުއިޒް ޗައިނާއިން ގެނާ ފާކްކުރާ ސުޓޭންޑްތަށް ރަގަޅުކޮއްފާ ކުއްޔަށް ދޭންވީންނުންތޯ. ބޯގޯސް މެއަރ


2

ޞައްދާމު

24-May-2021

ކިހިނެއްތޯ މަލާމާތެއް, ފުރައްސާރައެއް ކަމަށް ނިނމަނޭ?


-6

ޞައްދާމު

24-May-2021

ކިހިނެއްތޯ މަލާމާތެއް, ފުރައްސާރައެއް ކަމަށް ނިނމަނޭ?


20

ހާލުފޮޅި

28-May-2021

ހުއްޓާލަން ލަސްވެފަ އޮތް ކަމެއް.. މާލޭގަ ދަފްތަރުގަ ޖެހިގެން އަތޮޅުތެރޭ މީހުނަށް ހުރިހާ ކަމެއް ވަންޏާ ރާއްޖޭގެ ކޮންމެ ރަށެއްގައި ދަފްތަރެއް އޮންނަންވާނެ, ގޮސް ޖެހިލީމަ ގޯއްޗެއް ލިބޭގޮތަށް..


-5

ޙުސޭނ

28-May-2021

ސަލާމް. ޥަރަށް ސަލާމް.


12

ަޢަލީ ހަސަން

20-May-2021

ދަފްތަރުގަޖެހިގެން ތިމާއަށް ލިބެން ޖެހޭ ހުރިހާ ލައްޒަތެއް އުފަލެއް ލިބުނީމާ. މިއަދު މާބޮޑުވަޒީފާ އެއް ލިބުނީމާ ތިހެން ބުނެލަން ކެރިދާނެ...


5

ވަހީދުބެ

20-May-2021

ތިބުނާތަނެއްގައި ނުޖެހި މާލޭދަފްތަރުގައި ކުރިން ޖެހުނީ ކީއްކުރަން.



ޓްރެންޑިން