ގެވެށިއަނިޔާ އާއި ދެކޮޅަށް ބޭއްވި މުޒާހަރާއެއްގެ ތެރެއިން
ގެވެށިއަނިޔާ އާއި ދެކޮޅަށް ބޭއްވި މުޒާހަރާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގެ މުޤައްރިރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސައަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލައިގައި އޭނާ ހައްޔަރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ހިމެނޭ ގޮތަށް އެމްޑީޕީގެ ޢާއްމު މެންބަރުންވެސް ގޮވާލައިފިއެވެ.

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަގެ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ވަނީ ހުށައަޅާފައެވެ. އެމައްސަލަ ހުށަހަޅާފައިވަނީ އޭނާގެ އަނބިކަނބަލުން އަދި ނާއިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު އަސްރާ ނަސީމު ކަމަށް އެނގިފައި ވެއެވެ. އީސަގެ ގެވެށި އަނިޔާގެ މައްސަލައެއް ތަހުގީގު ކުރަމުން އަންނަކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެ މައްސަލައިގައި އީސަ ހައްޔަރު ކުރުން ލަސްވާތީ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީއަށް ނިސްބަތްވާ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ވިދާޅުވީ، އީސަގެ އަމަލުތަކަކީ އެހެން މެމްބަރުންނަށް ހުރި ލަދެއްކަމަށެވެ. އަދި އީސަ ހައްޔަރުކުރުން ލަސްވަނީ ކީއްވެތޯ ހައިތަމް ވަނީ ސުވާލު އުފައްދާފައެވެ.



ގެވެށި އަނިޔާގެ މައްސަލާގައި އީސަ ހައްޔަރު ކުރުމަށް ގޮވާލާ އަޑުތައް ގަދަވެފައިވާއިރު، މެމްބަރު އަހުމަދު އީސަގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ބަލަން ފަށައި މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ މުގައްރިރުކަމުން އޭނާ ވަކިކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

އަދި އެމްޑީޕީގެ އިސްސަފުގައި ޙަރަކާތްތެރިވާ އެކްޓިވިސްޓުންވެސް ދަނީ އީސަ ހައްޔަރު ކުރުމަށް ގޮވާލަމުންނެވެ. އީސަގެ ގެވެށި އަނިޔާގެ މައްސަލައެއް ފެންމަތިވެފައިވާ މި ދަނޑިވަޅަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓުގައިވެސް އީސަގެ ނަން އޮތުމުގެ ސަބަބުން މީސްމީޑިއާގައި އީސަ ހޫނުފެނަށް ވެއްޓިފައިވާ ވަގުތެކެވެ.

އީސަ އޭނާގެ ދަރިފުޅުގެ ކުރިމަތީގައި އަނބިމީހާއަށް އަނިޔާކުރުމުން އަނބިކަބަލުން އަސްރާ އަށް ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗް އިން ވަނީ ފަރުވާ ހޯދާފައެވެ. އަދި އަސްރާ ވަނީ އެ މައްސަލާގައި ފުލުހުންނަށް ބަޔާންދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން