ސްރީލަންކާގެ ވެރިރަށް ކޮޅުނބު
ސްރީލަންކާގެ ވެރިރަށް ކޮޅުނބު
ދިވެހިން ގިނަ އަދަދަކަށް ތިބި ސްރީލަންކާގެ ވެރިރަށް ކޮޅުނބަށް ކުރަމުންދާ ވަރުގަދަ ވިއްސާރައާ ގުޅިގެން މައިގަނޑު މަގުތަކުގައި ފެންބޮޑުވެ، ސިޓީގެ އާންމު ދިރިއުޅުމަށާއި ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.

މިކަމުގެ ސަބަބުން ކޮޅުނބު ސަރަހައްދުގެ އެކި ހިސާބުތަކުގައި ޓްރެފިކް ބާރުބޮޑުވެ، އާންމު ދަތުރުފަތުރުގެ ނިޒާމަށް ބުރޫއަރާފައިވާ ކަމަށް ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ވިދާޅުވެއެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމާ ގުޅިގެން މަގުތަކުގައި ހިނގާ މީހުންނާއި ދުއްވާ އުޅަނދުފަހަރަށް ދަތިތަކާ ކުރިމަތިވެފައިވާއިރު، ބައެއް ސަރަހައްދުތަކުގައި ޓްރެފިކް ޖޭމްވުމުގެ ސަބަބުން ދަތުރުވެރިން ވަނީ ވަރަށް ބޮޑަށް ތާށިވެފައެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވިއްސާރައިގެ އަސަރުކޮށްފާނެ ކަމަށް ލަފާކުރެވޭތީ، ކަމާބެހޭ ފަރާތްތަކުން ވަނީ ރައްޔިތުން ސަމާލުވުމަށާއި ދަތުރުކުރުމުގައި އިތުރަށް ފަރުވާތެރިވުމަށް އިރުޝާދު ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް