ބިލު ނުދެއްކުނު ނަމަވެސް ހިދުމަތް މެދުކަނޑާނުލުމަށް މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކަށް، ބައެއް ފަރާތްތަކުން ގޮވާލަމުންދާ ގޮވާލުމަށް އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާއިލް ތާއީދު ކުރައްވައިފިއެވެ.
ކޯވިޑް-19 ގެ މި ނާޒުކު ހާލަތުގައި އިންޓަނެޓާއި ފޯނު ބިލު ނުދެއްކޭ މީހުންގެ ހިދުމަތް މެދުކަނޑާލުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށް ބުނެ އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާއީލް ޓެގްކޮށް މީހަކު ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ އެއީ ރަނގަޅު ވާހަކައެއްކަން ގަބޫލު ކުރައްވާ ކަމަށެވެ. އަދި މި ދަތި އުނދަގޫ ދަނޑިވަޅުގައި ފޯނާއި އިންޓަނެޓު ޚިދުމަތް ކަނޑާނުލުމަކީ އެންމެ ރަނގަޅުގޮތްކަމަށް ދެކެވަޑައިގަންނަވާ ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު ފައްޔާޒު ވަނީ މި ދަނޑިވަޅުގައި މުވާސަލާތީ ހިދުމަތްދޭ ދިރާގާއި އުރީދޫ އިން ދެމުން ގެންދާ އެއްބާރުލުން ފާހަގަ ކުރައްވާ އެފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.
އިކޮނަމިކް މިނިސްޓަރ ތާއީދު ކުރައްވާފައިވާ މުހަންމަދު އަމާންގެ ނަމުގައި ހިންގާ ޓްވިޓަރ އެކައުންޓުން ކޮށްފައިވާ މި ޓްވީޓްގައި ބުނެފައިވަނީ މިފަދަ ދަނޑިވަޅެއްގައި ބިލް ނުދެއްކިގެން ދިރާގާއި އުރީދޫން ޚިދުމަތް ކަނޑާލުމަކީ ލަދުވެތި ކަމެއް ކަމަށެވެ. މިވަގުތު ބިލުތައް ނުދެއްކުނު ނަމަވެސް ޚިދުމަތް ކަނޑާ ނުލާ ބިލްތައް ދެއްކުން ފަސްކޮށްލުމަށް އޭނާ ވަނީ އެދިފައެވެ. އަދި މި ވަގުތު މީހުންގެ އަތުގައި ހުރި ފައިސާކޮޅު "ފެލާ" ނުލުމަށްވެސް ގޮވާލާފައިވެއެވެ.
ކޯވިޑް-19 އާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިޞާދަށް އަންނަމުންދާ ލޮޅުންތަކާއެކު ގިނަ ބަޔެއްގެ ވަޒީފާ ގެއްލި، އާނމްދަނީ ލިބުން ވަނީ ހުއްޓިފައެވެ. އަމިއްލަ ވިޔަފާރިތައް ހުއްޓި އެފަދަ ވިޔަފާރިތަކުގައި ވަޒީފާއަދާ ކުރަމުން ގެންދިޔަ ގިނަ މީހުންގެ އާމްދަނީ ވެސް ވަނީ ހުއްޓިފައެވެ. އަދި އަމިއްލަ މަސައްކަތްކޮށްގެން އުޅުނު މީހުންނަށް އާމްދަނީ ލިބޭނެ މަގުތައް ވަނީ ބަންދު ވެފަ އެވެ. މިއާއެކު، ކުރިން ކުރި ހަރަދުތައް ކުރުން ރައްޔިތުންނަށް ވަނީ ތަޙައްމަލް ނުކުރެވޭ ވަރުގެ ކަމަކަށް ވެފައެވެ.
މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުން ރައްޔިތުންނަށް ލުޔެއް ދިނުމުގެ ބަދަލުގައި، ކުންފުނިތަކުގެ ވިޔަފާރީގެ މަސްލަޙަތު އިސްކޮށްފައިވާ ކަމަށްބުނެ ގިނަ ބަޔަކު އަންނަނީ އެ ކުންފުނިތަކަށް ފާޑު ކިޔަމުންނެވެ. އަދި ބައެއް ރައްޔިތުންގެ ފޯނު ބިލް ނުދެއްކުމުގެ ސަބަބުން ޚިދުމަތް މެދުކަނޑާލުމުގެ ޝަކުވާގެ އަޑުތައް ވެސް ވަނީ ގަދަވެފައެވެ.

Thank you @Dhiraagu and @OoredooMaldives for the support you are providing. I believe @MohamedAmaan_ is right. It will be well appreciated if you could hold the disconnections during this dark and painful time. God willing we will all come out stronger. https://t.co/h3bPO6uOoS
— Fayyaz Ismail (@faya_i) May 3, 2020
ކޯވިޑް-19 އާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިޞާދަށް އަންނަމުންދާ ލޮޅުންތަކާއެކު ގިނަ ބަޔެއްގެ ވަޒީފާ ގެއްލި، އާނމްދަނީ ލިބުން ވަނީ ހުއްޓިފައެވެ. އަމިއްލަ ވިޔަފާރިތައް ހުއްޓި އެފަދަ ވިޔަފާރިތަކުގައި ވަޒީފާއަދާ ކުރަމުން ގެންދިޔަ ގިނަ މީހުންގެ އާމްދަނީ ވެސް ވަނީ ހުއްޓިފައެވެ. އަދި އަމިއްލަ މަސައްކަތްކޮށްގެން އުޅުނު މީހުންނަށް އާމްދަނީ ލިބޭނެ މަގުތައް ވަނީ ބަންދު ވެފަ އެވެ. މިއާއެކު، ކުރިން ކުރި ހަރަދުތައް ކުރުން ރައްޔިތުންނަށް ވަނީ ތަޙައްމަލް ނުކުރެވޭ ވަރުގެ ކަމަކަށް ވެފައެވެ.
މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުން ރައްޔިތުންނަށް ލުޔެއް ދިނުމުގެ ބަދަލުގައި، ކުންފުނިތަކުގެ ވިޔަފާރީގެ މަސްލަޙަތު އިސްކޮށްފައިވާ ކަމަށްބުނެ ގިނަ ބަޔަކު އަންނަނީ އެ ކުންފުނިތަކަށް ފާޑު ކިޔަމުންނެވެ. އަދި ބައެއް ރައްޔިތުންގެ ފޯނު ބިލް ނުދެއްކުމުގެ ސަބަބުން ޚިދުމަތް މެދުކަނޑާލުމުގެ ޝަކުވާގެ އަޑުތައް ވެސް ވަނީ ގަދަވެފައެވެ.
ކިޔުންތެރިންގެ ހިޔާލު