ކޯވިޑް-19 އަށް ފައްސިވާ މައިންބަފައިންގެ ދަރިންނަށް ރައްކާތެރިކަން ދޭނެ އުސޫލުތަކާއި އިންތިޒާމުތައް ހަމަޖައްސަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ހުށަހަޅައިފި އެވެ.
ކޯވިޑް-19 އާ ގުޅިގެން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ ބެލެނިވެރިޔާ ކޯވިޑް-19 އަށް ޕޮސިޓިވްވެ، ވަގުތީ ގޮތުން ބެލެނިވެރިކަމާ ހަވާލުވާނެ ފަރާތެއް ނެތް ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރައްކާތެރިކަން ދޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
މިގޮތުން ކޯވިޑް-19 އަށް ފައްސިވެ އައިސޮލޭޝަން މަރުކަޒުތަކުގައި ބޭތިއްބޭ ކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިން ހާލު ދެރަވެ އެކުދިންނަށް އަޅާނުލެވޭ ފަދަ ގޮތެއް މެދުވެރިވެއްޖެ ނަމަ އެފަދަ މަރުކަޒުތަކުން އެ ކުދިންނާ މެދު އަމަލުކުރާނެ އުސޫލެއް އެކުލަވާލައި އެހާލަތަށް ތައްޔާރުވާން އިންތިޒާމުތައް ހަމަޖައްސަން ވެސް ވަނީ ކޮމިޓީއިން އެދިފަ އެވެ.
ކޮމިޓީގެ ރިޕޯޓް މިހާރުވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެވެ.
ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކުދިންގެ އަދަދު ގިނައެވެ. ގިނަ ކުދިން ޕޮޒިޓިވް ވެފައިވަނީ އާއިލާގެ ތެރެއިން މަންމަ ނުވަތަ ބައްޕަ ބައްޔަށް ޕޮޒިޓިވް ވެގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިކުދިން އައިސޮލޭޝަންގައި ތިބެނީ ބެލެނިވެރިންނާއި އެކުގައެވެ. ހއ. ތަކަންދޫގައި ބައްޔަށް ޕޮޒިޓިވް ނުވާ ކުއްޖަކު ކަރަންޓީން މަރުކަޒަކަށް ގެންދެވުނު މައްސަލައެއް ވެސް މީގެ ދެދުވަހެއް ކުރިން ފެންމަތިވެފައި ވެއެވެ. އަދި އެކަމަށް އެޗްޕީއޭ އިން ވަނީ މާފަށް އެދިފައެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވް 527 މީހަކު ވަނީ ފެނިފައެވެ. އަދި އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު