އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާޢީލް
އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާޢީލް
ރައީސް ނަޝީދަށް ދިން ޙަމަލާއަށް ފަންޑުކޮށްފައިވަނީ، ރައީސް ނަޝީދުގެ "އޮރިޔާމުން" ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

މިމަހުގެ 6 ވަނަ ދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އައިއީޑީއެއް ގޮއްވާލައިގެން ދިން ޙަމަލާއަށް ފަންޑު ކުރި މީހުން ހޯދުން އަވަސް ކުރުމަށް ސޯޝަލްމީޑިއާގައި ގޮވާލާއަޑުތައް ގަދަވާން ފެށުމުން އެކަމަށް ރައްދުދެއްވަމުން އިބްރާ މިއަދު ވިދާޅުވީ ގައިމުވެސް އެކަމަށް ފަންޑުކުރީ ރައީސް ނަޝީދުގެ "އޮރިޔާމުން" ނޫން ކަމަށެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ މިއީ އިބްރާފަދަ ތަޢުލީމީ ދާއިރާގައި އިސްކޮށް މަސައްކަތް ކުރަށްވާ ބޭފުޅެއްގެ ބަސްމަގު މިދަނޑިވަޅުގައި ހުންނަންވާނެ ގޮތް ނޫން ކަމަށް ބުނަމުންނެވެ.

ރައީސް ނަޝީދު ގެންގުޅުއްވާ ޓްވިޓަރ އެކައުންޓެއް ކަމަށްބުނެ ގިނަ ބަޔަކު ޓްވިޓާގައި ފޮލޯކުރާ އެލެކްސް އަހުމަދުގެ ޓްވިޓަރ އެކައުންޓުން އިއްޔެ ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ގޮއްވާލި އައިއީޑީގައި ލިބުނު ޒަޚަމްތައް ފަސޭހަވަމުން އަންނަ ފޮޓޯއެއް ޢާއްމުކޮށްފައެވެ. އެލެކްސް ބުނެފައިވަނީ ވީގޮތް އަދިވެސް ބައެއް ފަރާތްތަކަށް މުޅިން ސާފު ނުވާތީ ފޮޓޯ ޙިއްސާކުރީކަމަށެވެ.



މީގެ ކުރިން އިބްރާ ވިދާޅުވެފައި ވަނީ، ރައީސް ނަޝީދަށް ޙަމަލާ ދިނުމަކީ ހިތާމަވެރި ކަމެއް ކަމަށާއި، ނަމަވެސް އަނިޔާތައް ލިބުނުކަން ބަޔަކަށް ސާބިތުކޮށްދިނުމަށް ހަށިކޮޅުގެ ފޮޓޯތައް ސޯޝަލްމީޑިއާގައި ޙިއްސާކުރުމަކީ އައިބުކަމެއް ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ފަދަ ބޭފުޅެއްގެ ބޭސްފަރުވާގެ ކަންތައްތައް ސިއްރެއްގެ ގޮތުގައި ހިފަހައްޓަން ޖެހޭ ކަމަށް އިބްރާ ވިދާޅުވިއެވެ.

މާލޭގެ ނީލޯފަރުމަގުގައި މިމަހުގެ 6 ވަނަ ދުވަހުގެރޭ 8:27 ހާއިރު ބާރުގަދަ އެއްޗެއް ގޮއްވާލައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭގައި 16 ގަޑިއިރުގެ ސާޖަރީތަކެއް ހެއްދެވުމަށްފަހު، އިތުރު ފަރުވާހޯއްދެވުމަށް އެމަނިކުފާނު މިހާރު ވަޑައިގެންވީ ޖަރުމަނުވިލާތުގައެވެ. ޖަރުމަނު ހޮސްޕިޓަލުން އިތުރު ފަރުވާ ހޯއްދެވުމަށް ފަހު އިއްޔެ ހޮސްޕިޓަލުން ވަނީ ރައީސް ނަޝީދު ޑިސްޗާޖް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


4

އަލީ

27-May-2021

ބަސްބުނުމުގަ އަދި ލިޔުމުގަ ކޮންމެވެސް ހަމަތަކެއް ހުންނަންވާނެ. ބުނާއެއްޗިއްސާ ވިދާޅުވާ ބަސްފުޅުތަކުގެ ތަފާތު އޮޅިފަ ނޫސްވެރިން ތިބެނީ. "ފޯކޭ" ބުނާނީ ވިދާޅެއް ނުވާނެ. އިބުރާއަކީ އެއްވެސް ގޮތެއް ހުރި މީހެއްނޫންކަން ކުރިންވެސް އެނގޭ.


-6

ޙަބޭސް

28-May-2021

އިބްރާއަށް އެ ހަމާލާގެ ޙަޤީގަތް ވަރަށް ރަނގަޅަށް އެގިފައި ހުރިކަން ތިޔަ ބަސްތަކުން އެގި ހާއްމަވެގެން ހިގައްޖެއެވެ. ފުންކޮށް ވިސްނާ! އިބްރާ އެހެރީ އެކަމާމެދު ހިތްހަމަނުޖެހިގެން ވަރަށް ރުޅިގަދަވެގައެވެ. އިބްރާ އެބުނަނީ ހައްސަ' ލައްކަވާހަކަ!!!!!!!!!


2

ޟގ

23-May-2021

ކޮންމެފަދަ ގޮތަކަށް އިޅުވާލައިގެންވެސް ލިޔެވިދާނެ ގައިމުވެސް މަށަށްތިޔަބުނާހެން އޮއްވައެ ނުފެނޭ ތިޔަ ޓުވީޓަކުން. އޮރިޔާމެއް ނޫން އޭގެން ނެގޭ އެތައް މާނައެއް އެބަ އޮތް. ތަންކޮޅެއް ބޮޑެތި މީހުން ވިސްނާހެން ވިސްނަބަލަ .ީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީ


2

ޑރައ

24-May-2021

އެރުޑިއަށް ބަދަލުގެ ގޮތުގައި ދިންވަރުމަދީ


11

އަބުރާހިމް

24-May-2021

އިބުރާއޭ ތިކިޔާހަދަނީ ކާކައްތަ ރައީސް ނަޝީދުއަކީ ގައުމުގެއެންމެންދަންނަމީހުންގެތާއަދުލިބިފަހުރިމީހަކޭ އިބުއޭތިކިޔާ މީހާޔަކައް އެކަމެއްނޭގޭތަ؟ މޮޔަވެގަނެގެންތިޔައުޅެނީ


-8

ކޮރޭ

24-May-2021

އެހެންތަ! އޭނަ ޑްެރާމާ ރާވަން ފަންޑް ހޯދީ އޮރިޔާން ދައްކާފައެއް ނޫންތަ? ޖިންނިއަށް ބޮޑަށް އެނގޭނީ.


-1

ބޮޑު ބާޣީ

24-May-2021

1. އެތައް ބަޔަކު އެއްވެ ތިބި ތަނެއްގަ ލައިވް ޓީވީގަ ނކސ ތަޅާ ވާހަކައިން އިބްރާ ރޯއައުގުރާނަ ގޮވީމަ އަތް ޖަހަން ތިބި މީހުން ތައުލީ ދާއިރާއޭ ބަހުރުވައޭ ކިޔައިގެން މިއަދު ކޮން ވާހަކައެއް ދައްކާކަށް! 2. ކަމެއް ސާބިތު ކޮށްދޭން އޮރިޔާން ފޮޓޯ އާންމު ކުރުމަކީ އެއްވެސް ޗަގުތަކު އެއްވެސް މީހަކު ކޮށްގެން ވާނެ ކަމެއް ނޫންކަން ނޭނގޭ ބަޔަކު އަބަދު ފުޅަ ގޮވާ މީހެއްގެ ބަހުރުވައާމެދުތަ ކަންބޮޑުވާންވީ. 3. ލަދުގެ ކަންފުޅެއް ނެތީ ބަރަހަނާ ފޮޓޯ އާންމުކުރާ "މަގޭ ދަރިފުޅު" ގެއެއް ނޫންތަ ޒުހޭރާ ދައިތާ! އެންމެ ފަހުން ލަދުގަންނަން މިޖެހުނީ މަށަކަށްނު.


12

ހސަންކޮއި

24-May-2021

އިބުރާއަކީ ސަރުކާރު ނޭވާހޮޅީގައި އޮތްވަގުތުގައިވެސް ޅިޔަނުގެހުރި ބާރާއި ނުފޫޒު ފޯރުވައިގެން ބޮޑެތި އަދަދުތަކުން ރުފިޔާ ގަ ޑެއް ކައްވާލާގެން އުފަލުން ވާނުވާގެއްލި ކޮސްގޮވޭ މަޔާހޮކިޔެއް ނަށީދުގެ ދެއަތް ވެސް މިހާރު އިބުރާއަށް ފެންނަނީ ނަށީދުގެ ޢައުރަ ފަދައިން ވަކިވަރަކަށް ހަރާންރުފިޔާއިން ބޫތުކެެއީމަ ވާނޭގޮތް ެިެިެިެިެިެިެިެިެިެިެިެިެިެިެިެިއިބުރާއަށްތިޔަވަނީ😆😆😆😆


12

ހސަންކޮއި

24-May-2021

އިބުރާއަކީ ސަރުކާރު ނޭވާހޮޅީގައި އޮތްވަގުތުގައިވެސް ޅިޔަނުގެހުރި ބާރާއި ނުފޫޒު ފޯރުވައިގެން ބޮޑެތި އަދަދުތަކުން ރުފިޔާ ގަ ޑެއް ކައްވާލާގެން އުފަލުން ވާނުވާގެއްލި ކޮސްގޮވޭ މަޔާހޮކިޔެއް ނަށީދުގެ ދެއަތް ވެސް މިހާރު އިބުރާއަށް ފެންނަނީ ނަށީދުގެ ޢައުރަ ފަދައިން ވަކިވަރަކަށް ހަރާންރުފިޔާއިން ބޫތުކެެއީމަ ވާނޭގޮތް ެިެިެިެިެިެިެިެިެިެިެިެިެިެިެިެިއިބުރާއަށްތިޔަވަނީ😆😆😆😆


-5

ހަސަން މުހަމްމަދު

24-May-2021

ސިޔާސީ ދާއިރާއިން މުޅިން އެކަހެރި ވެ ލެއްވުމަށް އެދެން ނަޝީދުގެ ސަބަބުން ގެއްލުންވޭ ޕާޓީއަށް މާލޭ ކައުންސިލު ގޮޑިތަށް ގެއްލުނީ ރ ނަޝީދުގެ ސބަބުން


8

ސަހީމް

24-May-2021

އިބުރާއަންތިކަމުގެ ކަންތައްއެގޭވަރުބޮނޑީ


2

ސަހީމް

24-May-2021

އިބުރާއަންތިކަމުގެ ކަންތައްއެގޭވަރުބޮނޑީ



ޓްރެންޑިން