ކޯވިޑް-19ގެ ސަބަބުން ރާއްޖޭގައި ތާށިވެފައި ތިބި ތައިލެންޑު މީހުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ 131 މީހަކު ރޭ ފުރައިފިއެވެ.
ރާއްޖޭގައި ހުންނަ ތައިލެންޑު ކޮންސިއުލޭޓުން ބުނީ، ރާއްޖޭގައި މިވަގުތު ތައިލެންޑު ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ މީހުންނަށް ބޭއްވި ދެވަނަ ރެޕަޓްރިއޭޝަން ފްލައިޓަކީ ތައިލެންޑުގައި ހުންނަ ދިވެހިއެމްބަސީ އާއި ގުޅިގެން ބޭއްވި ފްލައިޓެއް ކަމަށެވެ.
މި މީހުން ފުރާފައި ވަނީ މޯލްޑިވިއަންގެ ބޯޓެއްގަ އެވެ. މޯލްޑިވިއަން އިން ދަނީ ތައިލެންޑަށް ކާގޯ ދަތުރުތައް ވެސް ބާއްވަމުންނެވެ.
ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައިވާއިރު، މީގެ ކުރިންވެސް ރާއްޖޭގައި ތިބި އެކި ގައުމުތަކުގެ ރައްޔިތުން އެނބުރި ގައުމަށް ފޮނުވުމަށް ހާއްސަ ރެސްކިޔު ފްލައިޓުތައް ވަނީ ބާއްވައިފައެވެ.
އެގޮތުން ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންނާއި ފަތުރުވެރިން ގެންދިޔުމަށް އެކި ފަހަރު މަތިން މޯލްޑިވިއަން އުދުހިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު