ގދ. ގައްދޫ، ވިންސެންޓް، މުހައްމަދު އަހުމަދު
ގދ. ގައްދޫ، ވިންސެންޓް، މުހައްމަދު އަހުމަދު
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ބަންދުގައި ހުއްޓައި ކޯޓުން ދޫކޮށްލި ގައްދޫ ކައުންސިލްގެ ރައީސް އަނެއްކާވެސް ބަންދުކުރުމަށް ހައި ކޯޓުން އަމުރުކޮށްފިއެވެ.

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ދެ މައްސަަލައެއްގައި ދައުުވާ އުފުލާފައިވާ ގދ. ގައްދޫ، ވިންސެންޓް، މުހައްމަދު އަހުމަދު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ މި މަހުގެ ތިން ވަނަ ދުވަހު ގައްދޫ މެޖިސްޓްރޭޓު ކޯޓުން ވަނީ އޭނާ ދޫކޮށްލަން ނިންމައިފަ އެވެ. އޭނާ ބަންދުން ދޫކޮށްލުމުން ވަނީ ގައްދޫ ކައުންސިލްގެ ރައީސްގެ ހުވާވެސް ކޮށްފައެވެ.

އެ ނިންމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައިކޯޓުގައި މި މަހުގެ ހަވަނަ ދުވަހު އިސްތިއުނާފު ކުރުމުން ހައިކޯޓުން މިއަދު ވަނީ، ގައްދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން ބާތިލު ކޮށްފައެވެ.

ޕީޖީ އޮފީހުން އިސްތިޢުނާފަކުރި މައްސަލާގައި ބުނެފައި ވަނީ، މުހައްމަދު އަހުމަދު ކައުންސިލްގެ ރައީސްގެ މަޤާމަށް އިންތިހާބުވުމަކީ އޭނާގެ ފަރާތުން ކުޑަކުދިންނަށް އޮތް ނުރައްކާ ނެތިގެންދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށެވެ. ގައްދޫ ކޯޓުގެ ނިންމުން ހައިކޯޓުން ބާތިލް ކުރުމުން މައްސަލައިގެ ޝަރިޢަތް ނިމެންދެން މުހައްމަދު އަހުމަދު ހުންނާނީ ބަންދުގައެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ މުހައްމަދު އަހްމަދުގެ މައްޗަށް އުފުލިފައިވާ ތިން ދައުވާއެއްގެ ޝަރީއަތް ހިނގަމުންދާ ކަމަށެވެ. ފުރަތަމަ ދަޢުވާއަކީ 2015 ވަނަ އަހަރު އުފުލުނު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. ކުރިން ހުށަހެޅުނު މައްސަލައިގެ ޝަރީއަތް ނުނިމޭއިރު މިދިޔަ އަހަރު އިތުރު ދެ ދައުވާއެއް އޭނާގެ މައްޗަށް އުފުލާފައިވެއެވެ. އޭގެ ތެރޭގައި ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަ ކުއްޖަަކަށް އިއްވުމުގެ ކުށުގެ ދައުވާ އާއި، އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން